ހަބަރު

ދޮންދަރިއަށް ޖިންސީ ގޯނާކުރި ދޮންބައްޕައަކު ހައްޔަރުކޮށްފި

މެދު ރާއްޖެތެރޭގެ ރަށެއްގައި 17 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށްގެން އެ ކުއްޖާގެ ދޮން ބައްޕަ ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ކ، އއ، އދ، އަދި ވ އަތޮޅު ހިމެނޭ ރަށެއްގެ 17 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކޮށްފައިވަނީ އެ ކުއްޖާގެ ދޮން ބައްޕަ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިއަދު 9:50 ހާއިރު ކޯޓު އަމުރެއްގެ ދަށުން 32 އަހަރުގެ އެ ފިރިހެން މީހާ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ތަހްގީގު ކުރަމުންދާއިރު ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓްކުރާ މިންވަރު ދުވަހުން ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.