ހަބަރު

އައިއެސްއޭ ތަސްދީގު ކުރަން މަމަޖިލީހުގެ ލަފާ ހޯއްދަވަނީ

އެސްޓެބްލިޝްމަންޓް އޮފް ދަ އިންޓަނޭޝަނަލް ސޯލާ އެލަޔަންސް (އައިއެސްއޭ) ރާއްޖެއިން ތަސްދީގު ކުރުމާއި ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ލަފާ ހޯދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

މިއަދު ބެއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީން ހުށަހެޅި ކަރުދާހަކަށް މަޝްވަރާ ކުރުމަށްފަހު އދ. ގެ މެންބަރު ގައުމުތަކަކަށް ބައިވެރިވެވޭ ގޮތަށް އައިއެސްއޭ އަށް އިސްލާހެއް ގެނެސްފައިވާތީ މި އެގްރީމެންޓް ރާއްޖެއިން ތަސްދީގު ކުރަން ފެންނަ ކަމަށް ވަޒީރުން ރައީސަށް ވަނީ ލަފާ އަރުވާ އެވެ.

އެހެންވެ ގާނޫނު އަސާސީގައިވާ ގޮތުގެމަތިން މި އެގްރީމަންޓް ތަސްދީގު ކުރުމާމެދު ރައްޔިތުންގެ މަޖިލީހުގެ ލަފައަކަށް އެދި އެ މަޖިލީހަށް ހުށަހަޅަން ރައީސް ނިންމެވީ އެވެ.