ހަބަރު

ފުލުހުން "ބޮޑީ ވޯން ކެމެރާ" ބޭނުން ކުރަން ފަށައިފި

ފުލުސް މަސައްކަތުގެ ތެރޭ ގައިގަ ހަރުކޮށްގެން ބޭނުން ކުރާ ކެމެރާ ނުވަތަ "ބޮޑީ ވޯން ކެމެރާ" ދިވެހި ފުލުހުން ބޭނުން ކުރަން ފަށައިފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ޓުވީޓެއް ކުރެއްވާ މިއަދު ވިދާޅުވީ ގައިގައި ހަރުކުރާ ކެމެރާ މިހާރު ފުލުހުން ބޭނުން ކުރަން ފަށާފައިވާ ކަމަށާއި އެ ކެމެރާ ބޭނުން ކުރަނީ އަޖުމަ ބަލައިލުމަށް ކަމަށެވެ. އަދި ވިދާޅުވީ މި ޓެކްނޮލޮޖީ ޓެސްޓްކޮށް ނަތީޖާއަށް ބެލުމަށްފަހު އެ ކެމެރާ ބޭނުން ކުރުން ފުޅާ ކުރާނެ ކަމަށެވެ.

ކޮމިޝަނާ ކުރެއްވި ޓްވީޓް

ހަމީދު ވިދާޅުވީ މި ކެމެރާއަކީ ފުލުހުންގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށްދޭނެ ކެމެރާއަކަށް ވާނެ ކަމަށެވެ. އަދި މިއީ ފްރޮންޓް ލައިންގައި މަސައްކަތް ކުރާ ފުލުހުން އާންމުންނާއި މުއާމަލާތް ކުރުމާއި ފުލުހުންގެ މިސްކޮންޑަކްޓާ ގުޅޭ ޝަކުވާތައް އަންނަ މިންވަރު މަދުކޮށް، ރައްޔިތުން ފުލުހުންނަށް ކުރާ އިތުބާރު ބޮޑު ކޮށްދޭނެ ވަސީލަތެއް ކަމަށެވެ.

ފްރޮންޓްލައިންގައި މަސައްކަތްކުރާ ފުލުހުންގެ ގައިގައި މި ކެމެރާ ހަރުކޮށް މިހާރު ދަނީ ބޭނުން ކުރަމުންނެވެ.