މޯލްޑިވްސް ޕޮލިސް ސާވިސް

ކުރުސީ ހޯދަނީ ނަޝީދު ވިދާޅުވެގެން: ޕޮލިސް

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ
0%
0%
0%

ޓްވިޓާގައި "ހަސަން ކުރުސީ"ގެ ނަމުގައި ހިންގާ އެކައުންޓް ހިންގާ ފަރާތެއް ހޯދަނީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށައަޅުއްވާފައިވާ މައްސަލައަކާއި ގުޅިގެން ކަމަށް ފުލުހުން ބުނެފި އެވެ.

ހަސަން ކުރުސީ އަކީ ކާކު ކަން ހޯދުމަށްޓަކައި ފުލުހުން ވަނީ ކްރިމިނަލް ކޯޓުން އަމުރެއްވެސް ހޯދާފަ އެވެ.

މިއަމުރާ ގުޅިގެން ފުލުހުންގެ މީޑިއާ ގުރޫޕްގައި ނޫސްވެރިޔަކު މިރޭ ވަނީ ހަސަން ކުރުސީ ހޯދަނީ ކާކު ހުށަހެޅި މައްސަލައަކާ ގުޅިގެންތޯ ފުލުހުންނާ ސުވާލުކޮށްފަ އެވެ.

ޖަވާބުގައި ފުލުހުން ބުނީ އެއީ ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން ކަމަށެވެ.

ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓަކީ ރައީސް ނަޝީދު ހިންގާ އެކައުންޓެއް ކަމަށް އެތައް ބަޔަކު އެމަނިކުފާނަށް ކުރާ ތުހުމަތާ ގުޅިގެން އެ އެކައުންޓްގެ ވެރިފަރާތް ހޯދުމަށް ރައީސް ނަޝީދު، ފުލުހުންނަށް މައްސަލަ ހުށަހެޅުއްވީ މިދިޔަ އޭޕްރީލް 17 ވަނަ ދުވަހު އެވެ.

ހަސަން ކުރުސީގެ އެކައުންޓުން ގެންދަނީ އެތައް ބަޔަކާ ޒާތީ ގޮތުން ދިމާކޮށް ދައުލަތުގެ މުހިއްމު ބައެއް ސިއްރު މައުލޫމާތުވެސް ހާމަކުރަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910