އުމްރާ ދަތުރު

ނަވާއިން ގެންދިޔަ މީހުން އުމުރާގެ އަޅުކަން އަދާކޮށްފި

Feb 28, 2020
1

ރާއްޖޭގެ ނަވާ ގްރޫޕާއެކު އިއްޔެ އުމްރާއަށް ދިޔަ މީހުން އުމުރާގެ އަޅުކަން އަދާކޮށްފި އެވެ.

ނަވާގެ ހަވާލުގައި އުމުރާދިޔަ މީހުން މައްކާއަށް އާދެވުނީ ރޭ މެންދަމު 2:30 ގައެވެ. އެ އެންމެންގެ އުމުރާގެ އަަޅުކަން އަދާކޮށްފައި ވަނީ މިއަދު ހެނދުނު އެވެ. ނަވާގެ ހަވާލުގައި މިފަހަރު 48 މީހުން އުމުރާގެ އަޅުކަމަށް މައްކާއަށް އައިސްފައި ވެއެވެ.

މި ދަތުރުގައި އެ ގްރޫޕް، މަދީނާއަށް ދާނީ އަންނަ އާދީއްތަ ދުވަހުއެވެ. މަދީނާގައި ތިން ދުވަސް ހޭދަ ކުރާނެ އެވެ.

އަދި އެ ދަތުރުގައި ރައުޟާ އަށް ޒިޔާރަތް ކުރުމާއި މަދީނާގެ ހާއްސަ ތަންތަނަށާއި ބަދުރުގެ މައިދާނަށް ވެސް
އުމުރާގެ ބައިވެރިން ޒިޔާރަތް ކުރާނެ އެވެ.

އެމީހުން އެނބުރި މައްކާ އައިސް ދެވަނަ އުމުރާއެއް ކުރުމަށްފަހު މައްކާގެ ތާރީހީ ތަންތަނަށް ޒިޔާރަތް ކުރާނެެ އެވެ. އޭގެ ތެރޭގައި އަރަފާތު ބިމާ، މިނާއަށް ޒިޔާރަތް ކުރުން ހިމެނެ އެވެ.

ނަވާގެ ހަވާލުގައި މައްކާއަށް އައި މީހުން އުމުރާގެ އަޅުކަން އަދާކުރަމުންދާއިރު ރާއްޖޭގެ ގިނަ ޖަމާއަތްތަކަށް މައްކާއަށް އުމުރާވެރިން ގެނައުމަށް ވަނީ ހުރަސް އެޅިފަ އެވެ. އެެއީ މިހާރު މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްއާ ގުޅިގެން ސައުދީ އަޅާފައިވާ ހާއްސަ ފިޔަވަޅުތަކާއި ގުޅިގެންނެވެ. އެ ގައުމުން ވަނީ އުމުރާއަށް ވިސާ ދޫކުރުން ވަގުތީ ގޮތުން ހުއްޓާލައިފަ އެވެ.