ވިޔަފާރި

ޑެލްއާ ގުޅިގެން މެކްސްކޮމް އިން މައުލޫމާތު ދީފި

މެކްސްކޮމް ޓެކްނޮލޮޖީސް އިން ޑެލްގެ ހައި އެންޑް ސާވާ އާއި މި ބްރޭންޑުގެ އެހެން އުފެއްދުންތަކުގެ މައުލޫމާތު ރާއްޖޭގެ ގިނަ ފަރާތް ތަކަށް ދީފި އެވެ.

ޑެލް- އީއެމްސީއާ ގުޅިގެން ހޮޓެލް ޖެންގައި މިއަދު ކުރި އަށް ގެންދިޔަ މި ސެމިނާގައި ރާއްޖޭގެ 60 ފަރާ ތަކުން ބައިވެރިވެފައިވެ އެވެ. މީގެތެރޭގައި ސަރުކާރުގެ ވުޒާރާތަކާއި އަމިއްލަ ކުންފުނިތަކުގެ އިތުރުން ރާއްޖޭގެ ރިސޯޓުގެ އައިޓީ ދާއިރާގެ ފަރާތްތައް ވެސް ހިމެނެ އެވެ. މި ސެމިނާގައި ޑެލްގެ ޓެކްނޮލޮޖީ އަށް އަންނަ ބަދަލާއި ކަސްޓަމަރުން ވިސްނަން ޖެހޭ މުހިންމު ކަންތައް ކިޔައި ދީފައިވެ އެވެ.

މެކްސްކޮމް އާއި ޑެލް ގުޅިގެން މި ސެމިނާ ބާއްވާތާ 12 އަހަރުވީއިރު ކޮންމެ އަހަރަކު ތިން ބުރެއްގެ މަތިން ސެމިނާ އޮވެ އެވެ. މިއީ މި އަހަރު މިގޮތަށް މައުލޫމާތު ދިން ފުރަތަމަ ފަހަރެވެ.

މެކްސްކޮމް ޓެކްނޮލޮޖީސްގެ ސީނިއަ މެނޭޖަރު ކޯޕަރޭޓް އެންޑް ސަޕޯޓް މުހައްމަދު މުހުތާރު ވިދާޅުވީ ސެމިނާގައި މައުލޫމާތު ދިނީ ޑެލް ޓެކްނޮނޮލިޖީސް އަށް އަންނަމުންދާ ބަދަލުތަކާ ކަސްޓަމަރުން ސަމާލުކަން ދޭން ޖެހޭ ކަންތައްތަކުގެ މައްޗަށް ކަމަށެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގެ ލީޑިން ޓެކްނޮލޮޖީ ރާއްޖޭގެ ކަސްޓަމަރުންނަށް ފޯރުކޮށްދީ، އޭގެ މައުލޫމާތު ދިނުން. އެހެންވެ މިފަދަ ސެމިނާތައް ބާއްވަނީ،" މުހުތާރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ސެމިނާތަކުގެ ނަތީޖާ ވަރަށް ރަނގަޅަށް ފެންމުންދާ ކަމަށާ ކަސްޓަމަރުންނަށް ޓެކްނޮލޮޖީގެ މައުލޫމާތު ލިބުމުގެ އިތުރުން، އެ ކުންފުންޏަކީ މިހާރު ޑެލް ވިއްކުގައި ރާއްޖޭގެ މާކެޓުގެ ބޮޑު ޕަސެންޓެއް އޮތް ކުންފުންޏަށް ވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް ކެރިގެން ބުނަން ކެރި ދާނެ އަޅުގަނޑުމެން ޑެލް އީއެމްސީގައި ރާއްޖޭގައި މާކެޓް ޝެއާ ބޮޑު ވާނެކަން މިހާރު،" މުހުތާރު ވިދާޅުވި އެވެ.

މެކްސްކޮމް އިން ޑެލް ބްރޭންޑުގެ މައުސް އިން ފެށިގެން ޑެސްކް ޓޮޕް ކޮމްޕިއުޓަރާއި ލެޕްޓޮޕް އަދި ބޮޑެތި ސާވާ ވެސް ވިއްކަ އެވެ. އަދި އެ ކުންފުންޏަށް ޑެލްގެ މުހިންމު އެވޯޑު ތަކެއް ވެސް ކޮންމެ އަހަރަކު ލިބެ އެވެ.