ވިޔަފާރި

އަލްޝާލީ މެރިން އިން ޒުވާނުންނާއި ރަށު ޓޫރިޒަމަށް ޑިސްކައުންޓް

Mar 3, 2020

އަލްޝާލީ މެރިން މޯލްޑިވްސް އިން ޒުވާނުންނާއި ގެސްޓްހައުސް ތަކަށް ޑިސްކައުންޓެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އަލްޝާލީ މެރިން މޯލްޑިވްސް (އޭސް މެރިން) އިން ބުނީ އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަންގައި އެ ކުންފުނިން ބަންނަ ކުދި އުޅަނދު ފަހަރުން ހާއްސަ ޑިސްކައުންޓެއް ދޭނެ ކަމަށެވެ.

އޭސް މެރިންގެ އޮޕަރޭޝަން މެނޭޖަރު އިސްމާއިލް ޝަރީފު ވިދާޅުވީ މި ޕްރޮމޯޝަންގެ ސަބަބުން ލޯކަލް ޓޫރިޒަމް ވިޔަފާރީގައި ބޭނުން ކުރަން ހާއްސަ އުޅަނދު ފަހަރު ހޯދަން ފަސޭހަ ވެގެންދާނެ ކަމަށެވެ.

މި ޕްރޮމޯޝަންގައި ތިން ސައިޒެއްގެ އުޅަނދު ހިމެނެ އެވެ. ޕްރޮމޯޝަންގައި ބައިވެެރިކޮށްފައި ވަނީ އެ ކުންފުނީގެ "ކެނެރީ 21" އާއި "ކެނެރީ 24" ގެ ލޯންޗް ފަހަރެވެ. މީގެ އިތުރުން މޫދު ކުޅިވަރު ތަކަށް ހާއްސަކޮށް އެ ކުންފުނިން ނެރެފައިވާ "އެކްޝަން 25" ލޯންޗު ފަހަރުން ވެސް ހާއްސަ ޑިސްކައުންޓެއް ދޭނެ އެވެ.

އޭސް މެރިންގެ އެކްޝަން 25 އަކީ މިދިޔަ އަހަރު ބޭއްވި މެރިން މެރިން އެކްސްޕޯގައި "ބެސްޓް އިނޮވޭޓިވް ޕްރޮޑަކްޓް އެވޯޑް" ލިބިފައިވާ ލޯންޗް އެކެވެ.

ތިލަފުށީގައި ބޯޑް ޔާޑެއް ހިންގަމުން ގެންދާ ކުންފުނީގެ އުޅަނދުތައް ބަންނަން ބޭނުންވާ ފަރާތްތަކަށް ބަހާލައިގެން ފައިދާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވެ އެވެ. މިގޮތުން އެމްއެފްއެލްސީ އާއި އިސްލާމިކް ބޭންކިން ސްކީމުން ލިބެ އެވެ. މީގެ އިތުރުން މި އުޅަނދު ފަހަރަށް 18 މަަސް ދުވަހުގެ ވޮރެންޓީއެއް ވެސް ދެ އެވެ.