ހަބަރު

ޖޭއެސްސީއަށް ކުރިމަތިލި މީހުންގެ ނަންތައް ކޮމިޓީއަށް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އާންމުންގެ ފަރާތުން މީހަކު ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެކަމަށް އެދި ހުށަހެޅި ނަންތައް ދިރާސާ ކުރަން ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

ޖޭއެސްސީއަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުން މަޖިލީހުން އިއުލާން ކުރީ މިދިޔަ މަހު 18 ގައެވެ. އެ މަގާމަށް ފަސް ބޭފުޅަކު ކުރިމަތިލި އެވެ. ރިޔާސަތުން ވަނީ އެ ފަސް ނަން ދިރާސާ ކުރުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފަ އެވެ.

"މި މައްސަލަ ވީއެންމެ އަވަހަކަށް ދިރާސާކޮށް ނިންމައި ދެއްވުން އެދެން،" ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

އާންމުންގެ ތެރެއިން ޖޭއެސްސީއަށް ކުރިމަތިލާފައި ވަނީ ސ. މަރަދޫ، މޫންލައިޓް ހައުސް އައިމިނަތު އުންމު ކުލްސޫމާއި މާލޭ ހ. ރޯޒްމެރީ އާދަމް މިގުދާދާއި ދަފްތަރު ނަންބަރު 1151 އަލީ މުހައްމަދު މަނިކު އަދި މއ. ލޫޕިން، އަހުމަދު މިޒުމާދުގެ އިތުރުން ސ. މީދޫ އާބާދުވިލާ، އަހުމަދު ނަސީރެވެ.