ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިޓަލީގައި ކޮރޯނާގެ ބިރު ބޮޑުވެ ސްކޫލްތައް ބަންދުކުރަނީ

Mar 4, 2020

އިޓަލީގައި ކޮރޯނާ ވައިރަސް ޖެހި މަރުވާ މީހުން އިތުރުވަމުންދާތީ އެ ގައުމުގެ ސްކޫލްތަކާއި ޔުނިވާސިޓީތައް ބަންދު ކުރުމަށް މަޝްވަރާ ފަށައިފި އެވެ.

އިޓަލީގެ މީޑިއާތައް ބުނާ ގޮތުން ސްކޫލްތަކާއި ޔުނިވާސިޓީތައް ބަންދު ކުރަން ނިންމާނީ މާދަމާއިން ފެށިގެން ދެ ހަފުތާގެ ނިޔަލަށެވެ. ނަމަވެސް މިކަން އަދި ރަސްމީކޮށް އިއުލާން ކޮށްފައެއް ނުވެ އެެވެ. އިޓަލީ ބޮޑު ވަޒީރު ކެބިނެޓް ބައްދަލުވުމުގައި މި ނިންމުމަށް ވަނީ ތާއިދު ކުރައްވާފަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޗައިނާއިން ފެށިގެން އައީ ކޮރޯނާ ވައިރަސް، އޭޝިއާއިން ބޭރުގެ ގައުމެއްގައި މިހާރު އެންމެ ބޮޑަށް ފެތުރިފައިވަނީ އިޓަލީގަ އެވެ. މަރުވި މީހުންގެ އަދަދު ވެސް ޗައިނާ ނަގާފައި އެންމެ ގިނަ އެއް ގައުމަކީ އިޓަލީ އެވެ.

އެގޮތުން އިއްޔެގެ ނިޔަލަށް އިޓަލީއިން 79 މީހަކު މަރުވެފަ އެވެ. މިއަދުގެ ނިޔަލަށް 2،502 ކޮރޯނާ ކޭސް ރިޕޯޓްކުރެވިފައިވެ އެވެ.

އިޓަލީ ނަގާފައި ދެން އެންމެ ބޮޑަށް ވައިރަސް ފެތެރެމުންދަނީ އީރާންގަ އެވެ. އީރާނުގައި ވެސް 92 މީހަކު ވަނީ މަރުވެފަ އެވެ.