ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

"އޮމިކްރޯންގައި މީހަކު މަރުވިކަން އަދި ނޭނގޭ"

ދެކުނު އެފްރިކާއިން ދުނިޔެއަށް ނުކުމެގެން އުޅޭ ކޮވިޑްގެ އާ ވައްތަރު، އޮމިކްރޯން ޖެހިގެން މީހަކު މަރުވިކަމުގެ ރިޕޯޓް ލިބިފައި ނެތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ބުނެފި އެވެ.

ޑަބްލިޔުއެޗްއޯ އިން ބުނީ ޑެލްޓާ ވޭރިއަންޓަށް ވުރެ އޮމިކްރޯން ފެތުރޭ ނިސްބަތް ބާރު ނަމަވެސް، ނުރައްކާ ބޮޑީ ޑެލްޓާ ވޭރިއަންޓް ކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން ޑަބްލިޔުއެޗްއޯގެ ތަރުޖަމާން ކްރިސްޓިއާން ލިންޑްމީއާ ވިދާޅުވީ، ކޮވިޑް އާ ވައްތަރު ޖެހުމުން މީހުންގެ ހާލަތަށް އަން ބަދަލުތަކޭ ގުޅޭ ހާއްސަ މައުލޫމާތުތަކެއް ވެސް އަދި ނުލިބޭ ކަމަށެވެ. އަދި ބުނީ އާ ވޭރިއަންޓްގައި މަަރުވި އަދަދު ވެސް ސާފު ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ބަލި ފެތުރުމަަށް ވުރެ ބަލީގެ ނުރައްކާ ބޮޑު ނަމަ އަޅާނެ ފިޔަވަޅުތަކާ މެދު ވިސްނަން ޖެހޭ ކަމަށެވެ. އެނޫން ގޮތެއްގައި ކޮވިޑަށް މިހާރު ވެސް ދެވޭ ފަރުވާއިން ފުއްދާލެވޭ ކަމަށެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި ގައުމުތަކުން އަދި ވެސް ވިންނަން ޖެހިފައި އޮތީ ޑެލްޓާ ވޭރިއަންޓުން ސަލާމަތް ވާނެ ގޮތަކާ މެދު އެވެ.

ދުނިޔެއަށް މީގެ ދެ އަހަރެއްހާ ދުވަސްކުރިން ފެތުރިގަތް ކޮވިޑް 263 މިލިއަން މީހުންނަށް ޖެހިފައިވާ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެ އެވެ. މިބަލީގައި 5.22 މީހުން މަރުވެފައިވާ ކަމަށް ވެސް ބުނެ އެވެ.