ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ފައިޒާގެ ސީއީއޯ އަލްބާޓް ބޫލާ ހަތަރު ޑޯޒް ޖައްސަވާފައި ވަނިކޮށް ކޮވިޑް ޖެހިއްޖެ

ދުނިޔެއަށް ކޮވިޑް ފެތުރިގަތް ދުވަސްވަރު ކޮވިޑަށް ވެކްސިނެއް އުފެއްދުމަށް ގުންފައި ޖަހާފައި ނުކުތް ފައިޒާގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސިއިއޯ)، އަލްބާޓް ބޫލާއަށް ކޮވިޑް ޖެހިއްޖެ އެވެ.

ޖަރުމަނުގެ ބަޔޮންޓެކާ ގުޅިގެން ފައިޒާ ކުންފުނިން ވަނީ ކޮވިޑަށް ވެކްސިން އުފައްދައި ދުނިޔެއަށް ބަހައި އަދި ވިއްކާފަ އެވެ. ފައިޒާ އަކީ ބޭސް އުފެއްދުމަށް މަޝްހޫރު، އެމެރިކާ ކުންފުންޏެކެވެ.

އަލްބާޓް ބޫލާ، 60، ވިދާޅުވި ގޮތުގައި ކޮވިޑްގެ އުނދަގޫތައް އޭނާއަށް ކުރެ އެވެ. ހުން އައިސް ގައިގައި ރިއްސާ ކަމަށްވެސް ވިދާޅުވި އެވެ. އެހެންނަމަވެސް ބޮޑުވަރު ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ފައިޒާއިން ކޮވިޑަށް އުފައްދާފައި ހުރި ކާބޭސް ބޭނުންކުރައްވާ ކަމަށް ވިދާޅުވި އެވެ. އަދި ސިއްހީ އިދާރާތަކުން ކަނޑައަޅާފައި އޮންނަ ގޮތަށް އެކަހެރިވެ މީހުންނާ ދުރުގައި ހުންނެވި ކަމަށް ވެސް ވިދާޅުވި އެވެ.

ބޫލާ ވިދާޅުވި ގޮތުގައި އޭނާ ހުންނެވީ ކޮވިޑަށް ފައިޒާއިން އުފެއްދި ވެކްސިންގެ ހަތަރު ޑޯޒް ޖައްސަވައިގެންނެވެ.

ބޫލާ ވިދާޅުވީ ތަންކޮޅެއް އަވަހަށް ބަލިން ފަސޭހަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. ބޭސް ބޭނުންކުރަން ފެށުމުން ހާލަތަށް ހެޔޮ ބަދަލު އަންނަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

އެއްވެސް ބައްޔަކީ ހައިސިއްޔަތަށް ބަލާ ބައްޔެއް ނޫނެވެ. މަޝްހޫރު މީހުންނަށާއި ބޮޑެތި ލަގަބުތައް ހިފަހައްޓައިގެން ތިބި މީހުންނަށް ވެސް ވަނީ ކޮވިޑް ޖެހިފަ އެވެ. ބައެއް މީހުން ރަނގަޅުވެ، ބައެއް މީހުން ވަނީ ބަލީގައި މަރުވެފަ އެވެ.

ދުނިޔޭގައި އެންމެ ނުފޫޒުގަދަ، އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް ވެސް ވަނީ ކޮވިޑް ޖެހިފަ އެވެ. ނުވިތަނަކަށް އޭނާއަށް ދެފަރަހަށް ކޮވިޑް ޖެހުނެވެ.

އެމެރިކާގެ ވައިޓް ހައުސްގެ މެޑިކަލް އޮފިސަރު ޑރ. އެންތަނީ ފައުޗީއަށް ވެސް ކޮވިޑް ޖެހުނެވެ.