ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ކޮވިޑް ވެކްސިނުން ފައިޒާއަށް 54 ބިލިއަން ޑޮލަރު

ފައިޒާގެ ސީއީއޯ އަލްބާޓް ބޫލާ: ކޮވިޑް ވެކްސިނުން ބޮޑު ފައިދާއެއް ލިބޭނެ
0%
0%
0%

ފައިޒާއަށް ކޮވިޑް ވެކްސިނާ ގުޅަބޭހުން 54 ބިލިއަން ޑޮލަރު މިއަހަރު ލިބޭނެ ކަމަށް އެކުންފުނިން އަންދާޒާކޮށްފި އެވެ.

ފައިޒާ އަކީ ބޭސް އުފައްދާ ކުންފުންޏެކެވެ. އެ ކުންފުނީގެ ހެޑްކުއާޓަރު އެމެރިކާގައި ހުރި ނަމަވެސް ބޭސް އުފައްދާ ގޮފިތައް، ފެކްޓަރީތައް ގައުމުތަކުގައި ހުރެ އެވެ.

ދުނިޔެއަށް ކޮވިޑް ޖެހުމާ ގުޅިގެން ފަރުވާއެއް ހޯދަން ބޭސް އުފައްދާ ކުންފުނިތަކުން ފޫގަޅައި ފެށި މަސައްކަތްތަކުން އެންމެ ބޮޑު ފައިދާއެއް ހޯދި ކުންފުންޏަކީ ވެސް ފައިޒާ އެވެ.

ޖަރުމަނުގެ ބަޔޮންޓެކް ކުންފުންޏާ ގުޅިގެން އުފެއްދި ވެކްސިނުން ވެސް ފައިޒާގެ މުއްސަނދިގަން ވަނީ އަންދާޒާ ކުރަން ދަތި މިންވަރަށް އިތުރުވެފަ އެވެ.

ފައިޒާ ބުނި ގޮތުން މިއަހަރު ޖެނުއަރީގެ ނިއަލަށް ސޮއިކުރި ވެކްސިން ކޮންޓްރެކްޓްތަކުން ވެސް 32 ބިލިއަން ޑޮލަރު ލިބޭނެ އެވެ. އަދި ކޮވިޑަށް އުފެއްދި ގުޅަ ބޭނުން 22 ބިލިއަން ލިބޭނެ އެވެ.

މިއީ ފައިޒާއަށް ކޮވިޑް ބޭސް ވިއްކައިގެން ލިބޭ ފައިދާ އެވެ. އަދި އެހެން ބަލިބައްޔަށް ބޭސް ވިއްކައިގެން ލިބޭ އާމްދަނީ ކުންފުންޏަށް ނުތަކާވަރު ވާނެ އެވެ.

ފައިޒާ ބުނި ގޮތުން ކޮވިޑް ލައިގަތުމާ ގުޅިގެން ކޮންމެ ކުއާޓަރެއްގެ ފައިދާ ވަނީ އިތުރުވެފަ އެވެ. އެއީ މީގެ ކުރީ އަހަރުތަކާ ބަލާއިރު އެއް މުއްދަތެއްގައި ކުރެވިފައި ހުރި ވިޔަފާރީގެ ނިސްބަތުންނެވެ.

ކޮވިޑަށް ފަހު ދުނިޔެ ތަޖުރިބާކުރި ދަތި ހާލުގައި ވެސް ބޭސް އުފައްދާ ކުންފުނިތަކަށް ދިޔައީ ފައިސާ އޮހެމުންނެވެ. ފައިޒާ ބުނި ގޮތުން 2020 އާއި 2021 އަޅާ ކިޔާއިރު ފައިދާ ދެގުނަ ވެފައިވާ ކަމަށެވެ.

ބޭސް އުފައްދާ ކުންފުނިތަކުން ކޮވިޑަށް އުފެއްދި ވެކްސިންތަކުގެ ތެރެއިން މީހުން އެންމެ ބޮޑަށް އިތުބާރުކުރަނީ ވެސް ފައިޒާ-ބަޔޮންޓެކް ވެކްސިނަށެވެ. އެހެންކަމުން ފައިޒާގެ ނަމުގައި އުފައްދާ ކޮވިޑް ވެކްސިން ލިބޭ އޯޑަރުތައް އޮންނަނީ ގިނަކަމުން ފުރިހަމަ ނުކުރެވި އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910