ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފައިޒާ

ފައިޒާ ވެކްސިން އާދައިގެ އައިސްއަލަމާރީގައި ބެހެޓިދާނެ: އެފްޑީއޭ

އެފްޑީއޭއިން ބުނީ ފައިޒާ-ބަޔޮންޓެކް ވެކްސިން އާދައިގެ ވެކްސިން ބަހައްޓާ އައިސްއަލަމާރިގައި ބެހެއްޓޭނެ ކަމަށް
0%
0%
0%

ފައިޒާ - ބަޔޮންޓެކް ކޮވިޑް ވެކްސިން އުފުލާ ގެންގުޅުމުގައި އާދައިގެ އައިސްއަލަމާރީގައި ބެހެއްޓުން އެންމެ ރަނގަޅު ކަމަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑިއޭ) ބުނެފި އެވެ. އެފްޑީއޭއިން ބުނީ އާންމުކޮށް އެހެން ވެކްސިން ބަހައްޓާ ފިނިހޫނުމިނުގައި ދެ ހަފުތާވަން ދެން ފައިޒާ ވެކްސިން ބެހެއްޓުން މައްސަލައަކަށް ނުވާނެ ކަމަށެވެ.

އެފްޑީއޭއިން ބުނީ ފައިޒާ ވެކްސިން ބަހައްޓައި ބޭނުން ކުރުމުގައި ފިނި ހޫނުމިން ވަރަށް މުހިންމު ކަމަށާއި ލަފާދީފައި ވާނީ ވެކްސިނަށް އެއްވެސް ބަދަލެއް ނުގެނެސް، ފައިޒާ ލެބޯޓަރީން ނެރޭއިރު ހުންނަ ޕެކިންގައި ބެހެއްޓުމަށް ކަމަށެވެ.

ފައިޒާ - ބަޔޮންޓެކް ވެކްސިން ގައުމުތަކަށް އުފުލުމުގައި ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ފިނި ހޫނުމިނެވެ. މި ވެކްސިން ދެމެހެއްޓުމަށް ލަފާދޭ ފިނި ހޫނުމިނަކީ، މައިނަސް 60 އާއި މައިނަސް 80 ދެމެދެވެ. އެހެން ކަމުން، އެފްޑީއޭއިން ދިން ލުޔަކީ ދުރު ގައުމުތަކަށް ވެކްސިން އުފުލަން ލިބުނު ފަސޭހައަކަށް ވާނެ އެވެ.

އެފްޑިއޭއިން މިކަމަށް ހުއްދަ ދީފައި ވަނީ ފައިޒާ - ބަޔޮންޓެކްއިން ހުށަހެޅި ތަފުސީލަށް ބަލައި އަދި ފައިޒާއިން އެދުމުގެ މަތިންނެވެ. ވެކްސިން އުފައްދައި ވިޔަފާރި މާކެޓަށް ނެރޭ ކުންފުނިން ދީފައިވާ އިތުބާރަށް ބަލައި އެފްޑީއޭއިން ހުއްދަ ދިނީ އެހެން ގައުމުތަކުން ވެސް މިކަށް އެދިއެދި ތިއްބަ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910