ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޒަމާންތަކަކަށް އަހަރެމެންގެތެރޭ ކޮވިޑް އުޅޭނެ: ބަޔޮންޓެކް

ބަޔޮންޓެކް ސީއީއޯ އޫރް ޝާހީން: އާދައިގެ ހާލަތަކީ ކޮބައިކަން މިއޮތީ އަލުން ލިޔަންޖެހިފައި
0%
0%
100%

ކޮވިޑް ވައިރަހުން ނެއްޓެން ދުނިޔެއަށް ދަސް ނުވެގެން އުޅޭއިރު، އާދާއިގެ ހާލަތަކީ ކޮބައިކަން މިއޮތީ އަލުން ލިޔަން ޖެހިފައި ކަމަށް، ބަޔޮންޓެކް ސީއީއޯ، އޫރް ޝާހީން ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް 10 އަހަރު ވެސް އަހަރެމެންގެ ތެރޭގައި މި ބަލިމަޑުކަން ދެމި އޮންނާނެ ކަމަށެވެ.

އޫރް ޝާހީން ވިދާޅުވި ގޮތުގައި ކޮވިޑް އަދި ވެސް ދަނީ ކުރިފަޅަމުންނެވެ. ބާރުގަަދަ ވައްތަރުތައް ފާޅުވެ ބަލިމަޑުކަމުގެ ތެރެއަށް ދުނިޔެ ގަންބަމުންނެވެ. މި ހާލަތާއިގެން އުޅެން ދަސް ކުރަން ޖެހިފައި ވާއިރު، އާދައިގެ ދިރިއުޅުން ދެން މާނަ ކުރާނީ ކިހިނެއްކަން ސިއްހީ އިދާރާތަކަށް ވެސް އަދި ނޭނގެ އެވެ.

ޝާހީން ވިދާޅުވީ ކޮވިޑުން އަރައިގަތުމަށް އޮތް އުންމީދެއް ކަމަށް ބެލެވެނީ ވެކްސިން ކަމަށެވެ. ބަޔޮންޓެކް ވެކްސިން ދުނިޔޭގެ 45 އަށް ވުރެ ގިނަ ގައުމުގައި ދޭން ފަށާފައި ވާއިރު، އާންމު ހާލަތަށް ރުޖޫއަވުމަށް ވެކްސިނަށް ބަރޯސާ ވެވިދާނެކަން އަދި ވެސް ކަށަވަރުނުވާ ކަމަށެވެ. އޮތް ހަމައެކަނި އުންމީދަކީ ކޮންމެވެސް ވަރެއްގެ ދިފާއީބާރެއް ހަށިގަނޑުގައި އުފައްދާނެ ކަމެވެ. އެގޮތުގައި ވައިރަހަށް ހަށިގަނޑު ކެތްތެރި ކުރެވޭ ކަމެވެ.

ޝާހީން ވިދާޅުވީ ކޮވިޑްގެ އާ ވައްތަރުތަކުގައި ތަފާތުތަކެއް ހުރި ނަމަވެސް، މައިގަނޑު 99 ޕަސެންޓް އެއްގޮތް ކަމަށެވެ. އެހެން ކަމުން، ކޮވިޑްގެ އާ ވައްތަރު ގުޑުވާލުމުގެ ގާބިލްކަން ބަޔޮންޓެކް ވެކްސިންގައި ހުރިކަން ސައިންސަށް ބަރޯސާކޮށް ދަންނަވަން ކެރިވަޑައިގަންނަވާ ކަމަށެވެ. އެ ނޫން ގޮތެއްގައި ވެކްސިނަށް ބަދަލެއް ގެންނަން ޖެހުނު ނަމަވެސް، ޝާހީން ވިދާޅުވީ ހައެއްކަ ހަފުތާ ތެރޭގައި އެކަމެއް ހަމަމަގަށް އަޅުވާލެއްވޭނެ ކަމަށެވެ.

ދުނިޔޭގެ ބޮޑު އާބާދީއަކަށް ކޮވިޑް ވެކްސިން ދޭން ފަށާފައި ވާއިރު، ވެކްސިންގައި ހުރި ބާރުވެރިކަމެއް އެނގެން އަދި ދުވަސްތަކެއް ނަގާނެ އެވެ. ކޮވިޑަށް މިހާރުދޭ ކޮންމެ ވެކްސިނެއް ވެސް ޑޯޒް ފުރިހަމަކުރަން ދެއިންޖެކްޝަން ޖަހަންޖެހެ އެވެ. ދެވަނަ މަރުހަލާ އަދި އޮތީ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910