ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ސްރީލަންކާ

ލަންކާއިން ކޮވިޑް ގައިޑްލައިންތައް އާ ކޮށްފި

ކޮވިޑާ ގުޅިގެން ލަންކާއަށް އެތެރެވާ މީހުންނާ މެދު އަމަލު ކުރުމަށް އާ އުސޫލުތަކެއް، ޑައިރެކްޓަރު ޖެނެރަލް އޮފް ހެލްތު ސާވިސަސް، ޑރ. އަސޭލާ ގުނަވަރުދަނާ ސޮއި ކުރައްވައި އާންމު ކޮށްފި އެވެ.

ލަންކާ ހެލްތު މިނިސްޓްރީން އާންމުކުރި އާ ގައިޑްލައިންތަކުގައި އެންމެ މުހިންމު ކަމަކަށް ބުނެފައި އޮތީ ޕީސީއާރު ނެގެޓިވް ވެގެން ނޫން ގޮތަކަށް ލަންކާއަށް އެތެރެވުން ހުއްދަ ނޫން ކަމަށެވެ.

ވެކްސިން ޖަހާފައި ހުރި މީހެއް ނަމަ އެކަން ސާބިތު ކުރުމަށްޓަކައި ވެކްސިން ކާޑެއް ފަދަ ލިޔުމެއް އޮތުން ވަނީ މަޖުބޫރު ކޮށްފަ އެވެ. އަދި އެއީ ސައްހަ އިދާރާއަކުން ތައްގަނޑު ޖަހާފައި އޮތް ލިޔުމަކަށް ވާން ޖެހޭ ކަމަށެވެ.

ބޭރު ގައުމަކުން ލަންކާއަށް އެތެރެވާ މީހާ ވެކްސިން ފުރިހަމަކުރި ފަހުން ދެހަފުތާ ފާއިތުވެ ގޮސްވައި އޮތް ނަމަވެސް ބަލާނީ ކޮވިޑް ޑޯޒް ފުރިހަމަ ކުރުމަށް ފަހު ދަތުރުކުރާ މީހެއް ގޮތަށް ކަމަށް ވެސް ގައިޑްލައިންގައި ހިމެނެ އެވެ.

ވިސާއާ ނުލައި ލަންކާއަށް ދަތުރުކުރާ މީހުން ސަމާލުވުމަށް ވެސް ވަނީ ނަސޭހަތްތެރިވެފަ އެވެ. އާ ގަވާއިދުތައް ބުނާ ގޮތުން ލަންކާއަށް ދަތުރު ފެށުމުގެ ކުރިން ވިސާއާ މެދު ގޮތެއް ނިންމައި ނުވަތަ ޑިޕާޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ވަކި ހުއްދައެއް ހޯދަން ޖެހެ އެވެ.

ލަންކާއަށް އެތެރެވުމަށް މަދުވެގެން 50،000 ޑޮލަރުގެ ޓްރަވެލް އިންުޝުއަރެންސެއް އޮންނަން ޖެހެ އެެވެ. އަދި އެމީހަކު އެކަން ކަށަވަރު ކުރަން ވެސް ޖެހެ އެވެ.

އެއީ ކޮވިޑްގައި ހޮސްޕިޓަލުގައި ބާއްވަން ޖެހިއްޖެ ނަމަ ޚަރަދު ކުރުމަށެވެ. އަދި ކޮވިޑާ ގުޅިގެން ބޭސް ކުރުމާއި ކަރަންޓީން ކުރުން ފަދަ ޚަރަދެއް ހިނގާ ނަމަ އިންޝުއަރެންސުން ހޭދަ ކުރުމަށެވެ.

ވެކްސިން ފުރިހަމަ ކޮށްގެން ލަންކާއަށް އެތެރެވާ މީހުންނަށް ހަރުކަށި އުސޫލެއް ނެތެވެ. ވެކްސިން ފުރިމަކުރި ކަމަށް ބަލަނީ ވެކްސިން ޖެހިފަހުން 14 ދުވަސް ވެފައި އޮތް ނަމަވެސް 72 ގަޑިއިރު ނުވާ ޕީސީއާރު ޓެސްޓް ރިޕޯޓެއް އޮތުމެވެ.

ވެކްސިން ފުރިހަމަ ކުރުމަށް ފަހު 48 ގަޑިއިރު ނުވާ ރެޕިޑް އެންޓިޖެން ޓެސްޓް ނެގަޓިވް ރިޕޯޓެއް އޮތް ނަމަވެސް އެމީހަކު ވަގުތުން ދޫކޮށްލެވެ އެވެ.

ލަންކާގައި ދިއިރުޅޭ މީހުންނާ މެދު އަމަލު ކުރުމަށް ވެސް އާ ގައިޑްލައިންތަކެއް ވަނީ އާންމު ކޮށްފަ އެވެ.

ހެލްތު މިނިސްޓްރީން ބުނާ ގޮތުން ދެޑޯޒް ހަމަކޮށްފައި ހުއްޓައި ކޮވިޑް ބަލިމިހާކާ ކޮންޓެކްޓްވި ނަމަވެސް ބަލީގެ އަލާމާތެއް ނެތް ނަމަ ގޭގައި ކަރަންޓީން ވާކަށް ނުޖެހެ އެވެ.

އާދައިގެ ހާލަތުގައި އެމީހަކު ހެލިފެލިވެ މަސައްކަތުގައި އުޅޭ އުސޫލުން އުޅުމަށް ހުރަހެއް ނޯންނާނެ ކަމަށް އާ ގަވައިދުގައި ބުނެ އެވެ. އެހެން ނަމަވެސް ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ އެންޓިޖެން ނުވަތަ ޕީސީއާރު ޓެސްޓަކުން ފުދޭނެ އެވެ.

އާ ގަވާއިދު ބުނާ ގޮތުން ދެޑޯޒް ހަމަކުރި ކަމަށް ގަބޫލުކުރަން ވަކި އުސޫލުތަކަކަށް ބަލަން ޖެހެ އެވެ. އަދި އާ ގަވައިދުގެ ދަށުން އެމީހަކާ މެދު އަމަލުކުރުމަށް އަންނަނިވި ޝަރުތުތައް ކަށަވަރުކުރަން ޖެހެ އެވެ.

ހެލްތު މިނިސްޓްރީން ބުނީ ދެޑޯޒް ފުރިހަމަކުރުމުގައި އެމީހަކީ 20 އަހަރުން މަތީ މީހެއް ނަމަ ދެވަނަ ޑޯޒަށް ފަހު ދެހަފުތާ ފުރިހަމަ ވެފައިވުން ލާޒިމް ކަމަށެވެ. އަދި ދެވަނަ ޑޯޒަށް ފަހު ތިން މަހަށް ވުރެ އިތުރުވެފައި ވާނަ،މަ ބޫސްޓަރު ޑޯޒެއް މަޖުބޫރު ކަމަށެވެ.