ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އުމްރާގެ އަޅުކަން ވަގުތީ ގޮތުން ހުއްޓާލައިފި

Mar 4, 2020
2

އުމްރާގެ އަޅުކަން ވަގުތީ ގޮތުން ހުއްޓާލަން ނިންމައި އެކަން ސައުދި އަރަބިއްޔާގެ ސަރުކާރުން މިއަދު އިއުލާން ކޮށްފި އެވެ.

މި ނިންމުން އެ ގައުމުގެ ސަރުކާރުން ނިންމީ ކޮރޯނާ ވައިރަސް ފެތުރިދާނެ ކަމުގެ ބިރަށެވެ. އެ ގައުމުން ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވް އެކަކު ފެނިފަ އެވެ. އޭނާއަކީ ވައިރަސް ވަރަށް ބޮޑަށް ފެތުރެމުންދާ އީރާނަށް ދަތުރުކުރި މީހެކެވެ.

އުމްރާގެ އަޅުކަން ވަގުތީ ގޮތުން ހުއްޓާލަން ނިންމާފައިވާއިރު މިހާރު ވެސް އުމްރާގެ އަޅުކަން އަދާ ކުރުމަށް ބައެއް ދިވެހިން މައްކާގައި އެބަ ތިއްބެވެ.

ސައުދީ ސަރުކާރުން މީގެކުރިން ވަނީ އުމްރާގެ އަޅުކަމަށް އެ ގައުމަށް ދިޔުން ވެސް މަނާކޮށްފަ އެވެ. މިއަދު ސައުދީ ސަރުކާރުން ނިންމީ، އެ ގައުމުގެ ރައްޔިތުންނަށް ވެސް އުމްރާގެ އަޅުކަމަށް ހަރަމްފުޅަށް އެއް ނުވެވޭ ކަމަށެވެ.

އެ ގައުމުގެ ރައްޔިތުންނާއި އެ ގައުމުގެ ދިރިއުޅޭ މީހުންނަށް މައްކާގެ ހަރަމްފުޅަށް ދިޔުން މަނާކުރިއިރު މަދީނާގެ ހަރަމްފުޅަށް ޒިޔާރަތް ކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.

ކޮރޯނާ ވައިރަހާ ގުޅިގެން އެކި ގައުމުތަކުން ދަނީ ފިޔަވަޅުތައް އަޅަމުންނެވެ. ވައިރަސް ޖެހިގެން ދުނިޔޭގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 3،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އެ ވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން ގޮސް މިހާރު އެ ވައިރަސް ވަނީ 61 ގައުމަކުން ފެނިފަ އެވެ. އަދި 85،000 އަށްވުރެ ގިނަ މީހުނަށް އެ ވަައިރަސްއަށް ޕޮޒިޓިވް ވެފައިވެ އެވެ.