އެއީ ތެދެކެވެ. އޭނާގެ ނަމަކީ ދިވެހި ފުޓްބޯޅަ އަށް އާނަމެއްނޫނެވެ. އެންމެ ފުރަތަމަ އޭނާ ފެނުނީ ކުރީގެ ޔޫތު ސްޕޯޓްސް ކުލަބުގެ ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އޭގެ ފަހުން ކުލަބު އީގަލްސްގެ ކޯޗެއްގެ ގޮތުގައި ދެ ފަހަރު މަސައްކަތް ކުރި އެވެ. އަދި މީގެ ކުރިން ވެސް ރަށްރަށުގެ ޓީމުތަކަށް ކޯޗުކޮށްދީފައިވާ ޕަކީރު އަލީ ވަނީ ލަންކާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ޓެކްނިކަލް ޑިރެކްޓަރުކަން ވެސް ކޮށްފަ އެވެ.