ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންތިހާބު ފަސްކުރުމާމެދު ޕާޓީތަކާއެކު މަޝްވަރާ ކުރަނީ

Mar 8, 2020
1
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވާހަކަފުޅު ދައްކަވަނީ. -- އަވަސް ފޮޓޯ: އަހުމަދު އަޝްހާދު
0%
0%
0%

ޗައިނާ އިން އުފަންވެގެން މުޅި ދުނިޔެއަށް ފެތުރެމުންދާ އާ ކޮރޯނާ ވައިރަސް މިހާރު ރާއްޖޭން ފެނިފައިވާއިރު، އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާމެދު ގޮތެއް ނިންމާނީ ހުރިހާ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށްފަހުގައި ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އިންތިހާބު ފަސްކުރުމަކީ ސަރުކާރަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން ކުރެވޭނީ އެހެން ސިޔާސީ ޕާޓީތަކުގެ މަޝްވަރާކޮށް އިއްތިފާގުވެވޭ ގޮތެއްގެ މަތީން ކަމަށެވެ.

ނަމަވެސް، އެ މަޝްވަރާތަކާ ގުޅޭގޮތުން އިތުރު ތަފްސީލެއް އަލީ ވަހީދު ދެއްވައިފައެއްނުވެ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓްވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފުންނެވެ. އެ ދެ މީހުންނަކީ ވެސް ބިދޭސީންނެވެ. ނަމަވެސް އެމީހުންގެ ގައުމެއް ހާމައެއް ނުކުރެ އެވެ. އެ މީހުން ތިބީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ.

އެ ދެ މީހުންނަށް ކޮރޯނާ ވައިރަހުގެ އަސަރުކޮށްފައިވަނީ އެ ރިސޯޓްގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އެ ޓޫރިސްޓް ކޮރޯނާ ވައިރަހަށް ޕޮޒިޓިވްކަން އެނގުނީ އޭނާ އެނބުރި ގައުމަށް ދިޔަ ފަހުންނެވެ.

އެ ޓޫރިސްޓް ކޮންޓެކްޓްވީ މީހުން ހޯދައި ބަލަން ޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ނޫޅުމަށް ދުނިޔޭގެ ސިއްހަތާބެހޭ ޖަމިއްޔާއިންވެސް ގޮވާލަމުންދާ ދަނޑިވަޅެއްގައި ކައުންސިލު އިންތިހާބު ފަސްކުރުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

އިންތިހާބު ފަސްކުރަންޖެހޭ ފަދަ މާހައުލެއް އުފެދިއްޖެނަމަ، އިލެކްޝަންސް ކޮމިޝަނަށް ގާނޫނުން ދޭ މުހުލަތަށް އިންތިހާބު ފަސްކުރާނެކަމަށް އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ލލ

ޔާ ﷲ ކޮވިޑް ރޯގާއިން އަޅަމެން ދިންނަވާށި !،އަޅަމެންގެ މިދިވެހިރާއްޖޭގެ އިޤުތިސާދު ރަގަޅު ކޮށްދެއްވައި ރިޒުޤު ރޯދި އަޅަމެނަށް އިތުރު ކޮށް ދެއްވައި! މަސްވެރި ކަމާއި ދަޑުވެރިކަން ތިޔާގެ ކޮށްދެއްވައި ރިޒުޤު ރޯދީގައި ބަރަކާތް ލައްވައި، އަޅަމެންގެ ދިވެހިރާއްޖެ އަމާން ތަނެއްކަމުގައި ލައްވާށި !

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910