މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރާ ފަރާތަތަކުން ބުނެފައިވާ ގޮތުގައި މިހާތަނަށް 20 މީހުން ވަނީ ސަލާމަތް ކުރެވިފައެވެ.
ބުރާސްފަތު ދުވަހު ބަންޑުން ޖަހާލި މި ބޯޓަކީ މެލޭޝިޔާއިން އިންޑޮނޭޝިޔާއަށް މަސައްކަތު މީހުން އުފުލި ބޯޓެއް ކަމަށް ބެލެވެއެވެ. ކަނޑު ގަދަ ވުމުގެ ސަބަބުން ބަންޑުން ޖަހާލި މި ބޯޓުގައި ސަތޭކައެއްހާ މީހުން ފުރި ބާރުވެފައި ތިބި ކަމަށް ވެއެވެ.
މިފަދަ ހާދިސާތައް މެލޭޝިޔާގައި ވަރަށް އާންމެވެ. މެލޭޝިޔާގައި ގާނޫނާ ހިލާފަށް އިންޑޮނޭޝިޔާގެ ދެ މިލިއަން މީހުން މަސައްކަތް ކުރެއެވެ. ދަނޑުވެރިކަމުގައާއި އެކި ކަހަލަ ފެކްޓްރީ ތަކުގައި ވޯކް ޕާމިޓެއް ނެތި މަސައްކަތް ކުރާ އިންޑޮނޭޝިޔާ މީހުން ދެ ގައުމު ދޭތެރޭގައި އޮންނަ ކަނޑުގައި އެއްވެސް ހުއްދައެއް ނެތި ދަތުރުކުރުމަކީ ވަރަށް އާންމު ކަމެކެވެ. ގިނަ ފަހަރު އެމީހުން ބޭނުން ކުރާ ބޯޓު ފަހަރަކީ ސަލާމަތީ އާލާތްތައް ވެސް ނުހުންނަ ވަރަށް ދެރަ ވަރުގެ ބޯޓުފަހަރެވެ.