ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ގެސްޓްހައުސްތަކަށް ލިބޭ ގެއްލުން ބަލަން ސާވޭއެއް

Mar 14, 2020

ކޮވިޑް-19 އާ ގުޅިގެން ޓޫރިޒަމް ހީނަރުވަމުން ދާތީ ގެސްޓްހައުސް ތަކަށް ލިބެމުންދާ ގެއްލުންތައް ދެނެގަތުމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ސާވޭއެއް ފަށައިފި އެވެ.

ގޭމް އިން ބުނި ގޮތުގައި އޮންލައިންކޮށް މިހާރު ފަށާފައިވާ ސާވޭ ގެ މަގުސަދަކީ ކޮވިޑް-19 އާ ގުޅިގެން ގެސްޓްހައުސްތަކުގެ ހާލަތު ދެނެގަތުމާއި ކުރި އަށް އެޅި ދާނެ ފިޔަވަޅުތަކާއ ހޯދަން ބޭނުންވާނެ އެހީ ދެނެގަތުމެވެ. އަދި ސާވޭއަށް ފަހު ލިބޭ މައުލޫމާތު ސަރުކާރަށް ހުށަހަޅާނެ ކަމަށް އެ ޖަމިއްޔާއިން ބުނެ އެވެ.

މި ސާވޭގައި ސާފު ކުރާ މައުލޫމާތުގެ ތެރޭގައި ގެސްޓްހައުސް ހިންގަނީ ލޯނު ނަގައިގެން ތޯ އާއި ހިންގާ ގެސްޓްހައުސްއަކީ ކުއްޔަށް ނަގައިގެން ހިންގާ ތަނެއް ތޯ އަދި މިހާރުގެ އޮކިއުޕެންސީ އާއި ކުރި އަށް އޮތް މަސް ދުވަހަށް އޮކިއުޕެންސީ ފޯކާސް ކުރާ ގޮތާއި މިހާރު ކެންސެލޭޝަން ހުރި މިންވަރު ހިމެނެ އެވެ.

މީގެ އިތުރުން މިހާލަތުގައި އޮޕަރޭޝަން ކުރި އަށް ގެންދާނީ ތޯ ނުވަތަ ނޫން ތޯ އާއި ގެސްޓްހައުސް ތަކުން މިހާރު އެންމެ ކަންބޮޑުވާ ކަންތައްތައް ހިމެނެ އެވެ. އަދި ވިޔަފާރި ކުރި އަށް ގެންދަން ހޯދަން ބޭނުންވާ ލުއި ތަކަކީ ކޮބަ އިތޯ ވެސް މި ސާވޭގައި ބަލާނެ އެވެ.

ގެސްޓްހައުސް ވިޔަފާރިއަކީ ރާއްޖޭގެ ޓޫރިޒަމްގައި މުހިންމު ދައުރެއް އަދާކުރާ ބައެކެވެ. މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ރާއްޖޭގެ 616 ގެސްޓްހައުސްގައި 9,899 އެނދު އެބަހުއްޓެވެ.