ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ގެސްޓްހައުސްތަކަށް 30 މިލިއަން ޑޮލަރުގެ ގެއްލުންވާނެ: ސާވޭ

Mar 24, 2020

ކޮވިޑް-19 ގެ ސަބަބުން ޓޫރިސްޓުން އައުން ހުއްޓިފައިވާތީ ކުރިއަށް އޮތް ހަ މަސް ތެރޭ 30 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 462 މިލިއަން ރުފިޔާ)ގެ ގެއްލުން ވާނެ ކަމަށް ސާވޭ އިން ދައްކައިފި އެވެ.

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ގެސްޓްހައުސްތަކަށް ސުވާލު ކަރުދާސް ފޮނުވައިގެން ކޮށްފައިވާ ސާވޭއިން ދެއްކި ގޮތުގައި ގެސްޓްހަސް ތަކަކީ ލޯނު ނަގައިގެން ހަދާފައިވާ ތަންތަނަށްވާތީ، ގެސްޓްހައުސްތަކަށް ބިމު ކުލީގެ ގޮތުގައި ބޮޑު އެއްޗެއް ދައްކަން ޖެހޭ ކަމަށް ގިނަ ގެސްޓްހައުސްތަކުން ބުނެފައިވެ އެވެ. އަދި މުވައްޒަފުންނާއި ބިލް ތަކަށް ވެސް ބޮޑު އެއްޗެއް ހޭދަވާ ކަމަށް ބުނެފައިވެ އެވެ.

ގިނަ ގެސްޓްހައުސްތަކުން ބުނެފައިވާ ގޮތުގައި ސަރުކާރަށް ދައްކަން ޖެހޭ ގްރީޓެކުހާއި ޓީޖީއެސްޓީގެ ގޮތުގައި އާމްދަނީގެ 20 ޕަސެންޓް ހޭދަކުރަން ޖެހޭ ކަމަށެވެ. މީގެ އިތުރުން އަދި 56 ޕަސެންޓް ހޭދަވަނީ މުވައްޒަފުންގެ މުސާރަ އާއި އެހެނިހެން ހަރަދު ތަކަށް ކަމަށް ބުނެފައިވެ އެވެ.

ގޭމް އިން ބުނި ގޮތުގައި ގެސްޓްހައުސް ވިޔަފާރިތަކަށް ހާއްސަކޮށް މިފަދަ ސާވޭއެއް ހަދަން ޖެހުނީ ގެސްޓްހައުސްތަކުގެ ހައްގުގައި ވަކާލާތު ކޮށްދިނުމަށް ކަމަށެވެ. އަދި މި ސާވޭ ސަރުކާރުގެ ގުޅުންހުރި ވުޒާރާ ތަކަށް ހިއްސާ ކުރާނެ ކަމަށް ބުނެފައިވެ އެވެ.