ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ކޮވިޑް-19 އަށް ގެސްޓްހައުސްތައް ސަމާލުވާން ޖެހޭ: ގޭމް

Mar 11, 2020

ކޮވިޑް-19 ފެތުރުނަ ނުދޭން ގެސްޓްހައުސް ތަކުން ވެސް ސަމާލުވާން ޖެހޭ ކަމަށް، ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) އިން ބުނެފި އެވެ.

ގިނަ އަދަދެއްގެ ގެސްޓްހައުސްތައް ތަމްސީލް ކުރާ ގޭމް އިން ބުނި ގޮތުގައި މި ދަނޑިވަޅުގައި ކޮވިޑް އިތުރަށް ފެތުރުނަ ނުދިނުމަށްޓަކައި ރާއްޖޭގެ ގެސްޓްހައުސްތަކުން ހާއްސަ ސަމާލުކަމެއް ދީ ސަރުކާރުގެ އިދާރާ ތަކުން ދޭ އިރުޝާދު ތަކަށް ފުރިހަމައަށް އަމަލުކުރަން ޖެހޭ ކަމަށެވެ.

އެ ޖަމިއްޔާ އިން ބުނީ މި ދަނޑިވަޅުގައި ގެސްޓަހުސްތަކަށް ވެސް ސަރުކާރުގެ އިދާރާތަކުގެ ފުރިހަމަ އެއްބާރު ން ބެނުންވާ ކަމަށެވެ.

ޗައިނާ އިން ފެނުނު ކޮވިޑް-19 ރޯގާ އަށް ރާއްޖެ އިން ހަ މީހަކު މިހާތަނަށް ޕޮޒިޓިވްފެއިވެ އެވެ. މި ބަލި ފުރަތަމަ ފެނިފައިވަނީ ޅ. ކުރެއްދޫ ރިސޯޓުގައި މަސައްކަތް ކުރަމުން ދިޔަ ދެ ބިދޭސީ މުވައްޒަފަކަށެވެ. އަދި ދުނިޔޭގައި މި ބަލި މިހާތަނަށް 118,909 މީހުންނަޑށް ޖެހިފައިވެ އެވެ. މީގެ ތެރެއިން 4,270 މީހުން ވަނީ މަރުވެފަ އެވެ.