ކޮޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުޔެއް ދިނުމުގެ ގޮތުން ދިރާގުން ޑިސްކައުންޓްތަކެއް ދޭން ނިންމައިފިއެވެ.
އެގޮތުން ބިޒްނަސް ޕިކްސްޑް ބްރޯޑްބޭންޑްގެ ޕެކޭޖުތަކުގެ މަހުފީ އިން %25 ޑިސްކައުންޓެއް މާރިޗު އަދި އެޕްރިލް މަހަށް ދޭން ވަނީ ނިންމާފައެވެ. މީގެ އިތުރުން ގެސްޓް ހައުސް އިންޓަނެޓް ޕެކޭޖްތަކުގެ މަހުފީއިން ވެސް %25 ޑިސްކައުންޓް ދޭންވަނީ ނިންމާފައިއެވެ.
ކޮވިޑް-19 އާ ގުޅިގެން ދިރާގުން ދަނީ ކަސްޓަމަރުންނަށް އެކި ގޮތް ގޮތުން ލުއި ފަސޭހަތައް ދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން، ދިރާގުގެ ރެސިޑެންޝަލް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިއްޔެ ވަނީ %30 އިތުރު ޑޭޓާ ދީފައިއެވެ.
މީގެ އިތުރުންވެސް ދިރާގުން ވަނީ މޮބައިލް އަދި އިތުރު ކަސްޓަމާ ސެގްމެންޓްތަކަށް ވެސް ލުއި ފަސޭހަތަކެއް ފޯރުކޮށްދިނުމަށް ނިންމާފައެވެ.
ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް ބަލަނީ އުމަށް ކުރިމަތިވާ މިފަދަ ދަނޑިވަޅުތަކުގައި ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށާ މުޖުތަމައަށް ލުއިފަސޭހަކޮށް ދިނުމަށް ކަމަށެވެ.