ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މޯލްޑިވިއަނުން 11 ޓަނުގެ ކާގޯ ރާއްޖެ ގެނެސްފި

Apr 10, 2020
1

ރާއްޖެއަށް ބޭނުންވާ 11 ޓަނުގެ ކާގޯ މޯލްޑިވިއަނުން ރޭ ރާއްޖެއަށް ގެނެސްފި އެވެ.

މޯލްޑިވިއަނުން ބުނި ގޮތުގައި ރާއްޖެއަށް ބޭނުންވާ 11323.3 ކިލޯ ނުވަތަ 11 ޓަނުގެ ކާގޯ ރޭ ގެނެސްފައި ވަނީ ތައިލެންޑްގެ ބެންކޮކުންނެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިންނާއި ރާއްޖެއަށް މުދާ ގެންނަ ގިނަ ގައުމުތަކުގެ ދަތުރުފަތުރު ހުއްޓާލާފައިވާތީ، މޯލްޑިވިއަނުން ދަނީ ރާއްޖެއަށް ބޭނުންވާ ކާގޯ ގެނައުމަށް ބައެއް ގައުމުތަކަށް ކާގޯ ފްލައިޓްތައް ބާއްވަމުންނެވެ.

އެ ގޮތުން ތައިލެންޑުން ރާއްޖެ އަށް 11 ޓަނުގެ މުދާ ގެނައިއިރު، ސްރީލަންކާ އާއި އިންޑިއާގެ އިތުރުން ޑުބާއީ އިން ވެސް ކާގޯ ގެންނަން މޯލްޑިވިއަންގެ ފްލައިޓްތަކެއް ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ.

މީގެ އިތުރުން ބޭރު ގައުމުތަކުގައި ތިބި ދިވެހިންނަށް އެ މީހުންގެ އާއިލާތަކުން ފޮނުވަން ބޭނުންވާ އެހީގެ ތަކެތި ދިނުމަށާއި ބައެއް ގައުމުތަކުގައި ތާށިވެފައި ތިބި ދިވެހިން ގެނައުމަށް ވެސް މޯލްޑިވިއަނުން ދަނީ ފްލައިޓްތަކެއް ބާއްވަމުންނެވެ.

މިހާތަނަށް މޯލްޑިވިއަންގެ ފްލައިޓްތަކުން ވަނީ އިންޑިއާގައި ތިބި 200 ދިވެހިންނާއި، ލަންކާގައި ތިބި 100 ދިވެހިންނާއި، މެލޭޝިއާގައި ތިބި 197 ދިވެހިން ރާއްޖެ ގެނެސްފަ އެވެ. އެ އެންމެން ތިބީ ރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ އުސޫލުގެ ތެރެއިން ކަރަންޓީނަށް ގެންގޮސްފަ އެވެ.

ރާއްޖޭން މިހާތަނަށް ޕޮޒިޓިވްވި 19 މީހުންގެ ތެރެއިން ޕޮޒިޓިވްވި ދިވެހިންނަކީ ވެސް ބޭރުން އައި ހަތަރު ދިވެއްސެކެވެ. ރާއްޖޭގައި ކޮވިޑް-19 އަށް މިހާރު ފަރުވާ ދެމުން ދަނީ ވެސް އެ ހަތަރު މީހުނަށް އެކަންޏެވެ. 13 މީހުން ވަނީ ބަލިން ރަނގަޅު ކުރެވިފަ އެވެ. ބާކީ ދެ މީހުނަކީ ބޭރަށް ފުރައިގެން ގޮސްފައިވާ ދެ ޓޫރިސްޓުންނެވެ.