ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކަރަންޓީނުގައިވާ ބޮޑު ތިން ހޯލްސޭލަރުންނަށް އެހީވަނީ

Apr 26, 2020

ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް މުދާ އެތެރެކުރާ ތިން އިމްޕޯޓަރުންގެ ތެރޭގައި ހިމެނޭ ލިލީ އާއި ބީއެޗްއެމް އާއި އެމްއެޗްއޭގެ ބައެއް މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވްވެ، އެ ކުންފުނިތަކުގެ ގިނަ ގުދަންތަކެއް ކަރަންޓީ ނުކުރުމާ ގުޅިގެން، މުދާ ލިބުމުގައި ދަތިތައް ކުރިމަތިވަމުން ދާއިރު، އެ ތަންތަނުގެ އޮޕަރޭޝަންތައް ފެށުމަށް ސަރުކާރުން އެހީވުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމަށް ރެޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިސާމް ވިދާޅުވި ގޮތުގައި، އެ ތިން ކުންފުނީގެ ގިނަ މުވައްޒަފުންތަކެއް ކަރަންޓީނު ކޮށްފައިވާއިރު، ގިނަ ގުދަންތަކެއް ވެސް މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައިވާތީ، މުދާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަން ފާހަގަޗކުރެވިފައިވާ ކަމަށެވެ.

"އެ ތިން ކުންފުނީގެ އޮޕަރޭޝަންތައް ފެށޭނީ ކޮން ކަންތައްތަކެއް ފުރިހަމަ ވެގެންތޯ ބެލުމަށް ވަކި ވަކިން އެ ހޯލްސޭރަނުންނާ ވާހަކަ ދެކެވުމުން ދަނީ،" ވިސާމް ވިދާޅުވި އެވެ.

އެގޮތުން، ގުދަންތައް ޑިސްއިންފެކްޓު ކުރުން އަވަސް ކުރުމާއި، އެ ކުންފުނިތަކުގެ އޮޕަރޭޝަންތައް ވީއެންމެ އަވަހަކަށް ފެށުމަށްޓަކައި އެހެން ގޮތެއް ހޯދުމުގެ މަސައްކަތުގައި ސަރުކާރުން އެހީތެރިކަން ފޯރު ކޮށްދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.