އޮރިއްސާ އާއި އަންދްރަ ޕްރަދޭޝް ގައި ހިނގި މި ހާދިސާ ތަކުގައި މަރުވި ގިނަ މީހުންނަކީ ބޯ ވާރޭގައި ދަނޑުތަކުގައި މަސައްކަތް ކުރަން ތިބި މީހުންނެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ހަ އަންހެނުންނާއި 26 ފިރިހެނުންނެވެ.
ހޮނު އެޅުމުގެ ހާދިސާއަކުން އިންޑިޔާގެ އަންހެނުންގެ ދެ ކްރިކެޓް ޓީމެއް ވަނީ ހަނި ގޮތަކަށް ސަލާމަތް ވެފައެވެ. އެމީހުން މެޗެއް ކުޅެން ތިބި ދަނޑެއް ކައިރައަށް ހޮނުއެޅި އިރު ކުޅުންތެރިން ސަލާމަތްވީ ހަމަ ކިރިޔާ ކަމަށް ކްރިކެޓް އޮފިޝަލަކު ވިދާޅުވިއެވެ.
އޮރިއަސާގައި ހިނގި ހާދިސާގައި ނުވަ މީހުން މަރުވިއިރު އަށް މީހުން ވަނީ ޒަހަމް ވެފައެވެ.
ބޯކޮށް ވާރޭ ވެހޭ މޫސުމުގައި ހޮނުއެޅުމަކީ އިންޑިޔާގައި ވަރަށް އާންމު ކަމެކެވެ. ހޮނުއެޅުމުގެ ހާދިސާތައް ހިނގާފައިވާ ސަރަހައްދުތަކުގެ ތެރޭގައި ދިވެހިން އާންމުކޮށް ގޮސް އުޅޭ ސަރަހައްދު ތަކެއް ނުހިމެނެއެވެ.