މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ސޮއި ކުރުމުގެ ރަސްމީއާތުގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ޗައިނާއާ އެކު ސޮއިކުރެވޭ ފްރީޓްރޭޑް އެގްރީމަންޓު ވެގެންދާނީ ރާއްޖެއިން އެހެން ގައުމަކާއި އެކު މިނިވަން ވިޔަފާރީ ކުރުމަށް އެއްބަސް ވެވޭ ފުރަތަމަ ފަހަރު ކަމަށާއި އަދި މި އެއްބަސް ވުމުގެ ދަށުން ރާއްޖޭގެ އިގްތިސޯދަށާއި ތަރައްގީއަށް ބޮޑު ކުރިއެރުން ތަކެއް ލިބޭނެ ކަމަށެވެ.
އިކޮނޮމިކް މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައި ވަނީ ޗައިނާއާއެކު ވެވޭ ފްރީ ޓްރޭޑް އެގްރީމަންޓުގެ މަޝްވަރާތަށް މިއަހަރު ތެރޭ ނިންމަވާނެ ކަމަށާއި އަދި އެެއެގްރީމަންޓުގައި ހަމަ މިއަހަރު ތެރޭގައި ސޮއިކުރާނެ ކަމަށެވެ.