އިލެކްޝަންސް ކޮމިޝަން

ޕީއެންސީ މެންބަރަކު ހޮވިފައިވަނިކޮށް އަލުން އިންތިހާބަށްދާން ޖެހިއްޖެ

އިންތިހާބެއްގައި އިލެކްޝަންސްގެ އޮފިޝަލުން ހަރަކާތްތެރިވަނީ -- ފޮޓޯ: އަވަސް
0%
0%
0%

ޕީއެންސީގެ މެންބަރަކު ހޮވާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅައި އިއުލާންކޮށްފައި ވަނިކޮށް އިތުރު ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބަލައިގަންނަން ހައިކޯޓުން އަންގައިފި އެވެ.

ހދ. މަކުނުދޫ ކައުންސިލްގެ މެންބަރަކު ހޮވުމަށް އިންތިހާބަށް ގޮވައި، އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅީ އެންމެ ކެންޑިޑޭޓެއް ކަމަށް ކަނޑައަޅައި، އިންތިހާބުގެ ނަތީޖާ އީސީން އިއުލާން ކުރީ، ޖަނަވަރީ ނުވަ ވަނަ ދުވަހު އެވެ.

އެއީ އަންނަ މަހު ބާއްވަން ކަނޑައަޅާފައި އޮތް އިންތިހާބެކެވެ. އެކަމަކު އީސީން ނިންމީ، ކުރިމަތިލީ ހަމައެކަނި ޕީއެންސީ ކެންޑިޑޭޓް ކަމަށެވެ.

ހަމަ އެކަނި ޕީއެންސީ ކެންޑިޑޭޓުގެ ކެންޑިޑޭސީ ބަލައިގަނެ، ނަތީޖާ އިއުލާންކޮށްފައިވަނީ އެ އިންތިހާބަށް ހުށަހެޅި އެހެން ކެންޑިޑޭޓަކު ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނިކޮށެވެ.

އެ މައްސަލައިގައި ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމީ އެ އިންތިހާބުގައި ވާދަކުރުމަށް ހުށަހެޅި އަނެއް ކެންޑިޑޭޓުގެ ކެންޑިޑޭސީ ބަލައިގަތުމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910