އިލެކްޝަންސް ކޮމިޝަން

ބައެއް ރަށްތަކުގައި ބައި އިލެކްޝަންގެ ވޯޓުުލުން ފެށިގެން ކުރިއަށް

ބައެއް ރަށްތަކުގެ ލޯކަލް ކައުންސިލްތަކަށް މެންބަރުން އިންތިހާބުކުރުމުގެ ބައި-އިލެކްޝަންގެ ވޯޓުުލުން ފަށައިފި އެވެ.

މި ބައި އިލެކްޝަންތަކުގެ ވޯޓުލުން ފަށަން އޮތީ މިއަދު ހެނދުނު 8:00 ގައި ނަމަވެސް އެ ގަޑިއަށް ވޯޓުލާން މީހުން ނުދިއުމުގެ ސަބަބުން ބައެއް ފޮށިތަކުގައި އެ ގަޑިއަށް ވޯޓުލުން ފެށިފައިނުވެ އެވެ.

މިއަދު ކުރިއަށް ދަނީ ދެ ރަށެއްގެ ކައުންސިލްގެ ބައި-އިލެކްޝަނާއި 10 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނެވެ.

މިއަދު ކުރިއަށްދާ ބައި-އިލެކްޝަންތައް

  • ހދ. މަކުނުދޫ ކައުންސިލް މެންބަރު
  • ނ. ލަންދޫ ކައުންސިލް އަންހެނުންނަށް ހާއްސަ ގޮނޑި
  • ހދ. ހިރިމަރަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • ނ. މިލަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • ނ. ފޮއްދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • ރ. އިންނަމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • ބ. ގޮއިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • އދ. ހަންޏާމީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • ދ. ހުޅުދެލި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • ލ. ގަން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • ތ. ބުރުނި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ
  • ގއ. ކަނޑުހުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ

މި ބައި-އިލެކްޝަންތަކުގައި މާލޭގައި ވޯޓު ފޮށިތައް ބަހައްޓާފައިވަނީ މާފަންނު މަދަރުސާގަ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނި ގޮތުގައި ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 4:00 އާ ހަމައަށެވެ.

މި އިންތިހާބުތަކުގެ ރަސްމީ ނަތީޖާ މާދަމާ އިއުލާނުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.