އިލެކްޝަންސް ކޮމިޝަން

ކުރިނބި ޑަބްލިއުޑީސީގެ ބައި-އިލެކްޝަންގެ ވޯޓުލުން ކުރިއަށް

ހދ. ކުރިނބި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ ވޯޓުލުން ފަށައިފި އެވެ.

މި ބައި-އިލެކްޝަނަކީ ކުރިނބީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުސްވެފައިވާ ތިން މެންބަރުން އިންތިހާބު ކުރުމަށް ބާއްވާ އިންތިހާބެކެވެ.

މި އިންތިހާބުގައި ހަ ކެންޑިޑޭޓުން ވާދަކުރާއިރު ވޯޓުލުން ކުރިއަށްދަނީ ކުރިނބީ އާއި މާލޭގަ އެވެ.

އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން

  • ފާތިމަތު ނާފިޡާ އިސްމާއީލް، ވީނަސް / ހދ. ކުރިނބި - ޕީއެންސީ
  • ފާޠިމަތު ޝައިނާ، ހަވާސާ / ހދ. ކުރިނބި - އެމްޑީޕީ
  • އިނާސާ އާދަމް، ދޫގަސް / ހދ. ކުރިނބި - ޕީއެންސީ
  • ރާނިޔާ މުޙައްމަދު، ފަލަކު / ހދ. ކުރިނބި - ޕީއެންސީ
  • އިފާޤާ އާދަމް، ފެންފިޔާޒުގެ / ހދ. ކުރިނބި - އެމްޑީޕީ
  • ފިރާޝާ ޢަލީ، ކަނީރުމާގެ / ހދ. ކުރިނބި - އެމްޑީޕީ

ކުރިނބީގައި ވޯޓުލުން ކުރިއަށްދަނީ ކުރިނބީ ސްކޫލު ހޯލުގަ އެވެ. މާލޭގައި ވޯޓުލުން ކުރިއަށްދަނީ އާ ދަރުމަވަންތަ ސްކޫލު، ދެކުނު އިމާރާތް، ގްރައުންޑް ފްލޯ ކްލާސް ރޫމް 7އޭ ގަ އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކުރި ގޮތުގައި މި އިންތިހާބުގައި ޖުމްލަ 558 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެ އެވެ. މިއަދު ހެނދުނު 11:00 އާ ހަމައަށް ވޯޓުލާފައިވަނީ 104 މީހުން ކަމަށާއި މިއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 18.6 ޕަސެންޓް ކަމަށް އީސީ އިން ވަނީ ބުނެފަ އެވެ.

މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 4:00 އާ ހަމައަށެވެ.