ދުނިޔެ

ސީރިޔާއަށް އެރި ހިރަފުހުގެ ތޫފާނާއެކު ބައެއް ހިސާބުތަކުގައި ހަނގުރާމަ ހުއްޓިއްޖެ

Sep 8, 2015

މި ތޫފާން މިއަދު ވަނީ އެގައުމުގެ ގިނަ ސަރަހައްދު ތަކަކަށް ފެތުރިފައެވެ. މިގޮތުން ސަރުކާރުގެ ހެލިކޮޕްޓަރު ތަކުގެ އުދުހުން ވެސް މެދުކަނޑާލަން ޖެހިފައިވާ ކަމަށް ސަރުކާރުން ބުންޏެވެ. މުޅި ހަފްތާއަށް ހިރަފުހުގެ އަސަރު ނުކެނޑި ދުރު ފެނުން ދަތިވާނެ ކަމަށް ލަފާ ކުރެވެއެވެ.  

ލުބުނާނުގެ ބޯޑަރު ކައިރީގައިވާ ރެފިއުޖީ ކޭމްޕް ތައް ވެސް ވަނީ ހިރަފުސް ބޯވެފައެވެ. ހިރަފުހާހެދި ހަނގުރާމަ މެދުކަނޑާލި ސަރަހައްދުތަކުގެ ތެރޭގައި ހަމަނުޖެހުން ބޮޑު ހާމާ އާއި އިދްލިބް ޕްރޮވިންސުން ފާހަގަ ކުރެވެއެވެ.

ތޫފާނުގެ އަސަރު ލުބުނާނާއި، އިޒްރޭލާއި ތުރުކީ އަދި ސައިޕްރަސް އަށް ވެސް ކޮށްފައިވެއެވެ. މިގޮތުން ލުބުނާނުގެ އައްޑިހަ މީހުން ހިރަފުހުގެ އަސަރުކޮށް ހޮސްޕިޓަލަށް ގެންދިޔައިރު ސައިޕްރަސްގެ  ދިހަ މީހުން ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ. އިޒްރޭލުން ވަނީ އެގައުމުގެ ކުޑަކުދިންނާއި، މުސްކުޅިންނާއި މާބަނޑުމީހުން ގެއިން ނުނިކުތުމަށް އިލްތިމާސް ކޮއްފައެވެ. އަދި މިހާތަނަށް މި ތޫފާނުގައި މަރުވި ކަމަށް ރިޕޯޓްކޮއްފައި ވަނީ ލުބުނާނުގެ އަންހެނެކެވެ.