ދުނިޔެ

ކުއީން އެލިޒަބަތް: އިނގިރޭސި ތަހުތުގައި އެންމެ ގިނަ ދުވަހު އިންނެވި ރާނީ

Sep 9, 2015

އިނގިރޭސިވިލާތުގެ މި ތާރީހީ މުނާސަބަތުގައި ބޮޑުވަޒީރު ޖޭމްސް ކެމަރަން ވަނީ ރާނީ އަށް އިހުތިރާމް އަދާކޮށް ތައުރީފް ކޮއްފައެވެ. ކެމަރަން ވިދާޅުވީ ހިދުމަތާއި ވާޖިބް އަދާކުރުމުގައި ލާމަސީލު ރާނީއަށް ލޯތްބާއި ގަދަރު ލިބިފައިވަނީ އިނގިރޭސީންގެ މެދުގައި އެކަނި ނޫން ކަމަށާއި މުޅި ދުނިޔޭގައި ވެސް އެކަމަނާގެ މަގުބޫލުކަން ވަރަށް ބޮޑު ކަމަށެވެ.

ރާނީގެ އަރިސް ފަރާތްކުން ވިދާޅުވާ ގޮތުގައި ރާނީ މިކަމާ އެހާބޮޑަށް އުފާ ފާޅެއް ނުކުރައްވައެވެ. ރާނީގެ މި ރެކޯޑުން ދޭހަ ކޮއްދެނީ އެކަމަނާގެ ދިގު އުމުރު ނޫން އެހެން އެއްވެސް ކަމެއް ނޫން ކަމަށް އެކަމަނާ ދެކިވަޑައިގަންނަވާ ކަމަށް ގަނޑުވަރުތެރޭ ބޭފުޅުން ވިދާޅުވެއެވެ. މި ތާރީހީ ރެކޯޑް ފާހަގަ ކުރުމަށް އެއްވެސް ރަސްމިއްޔާތެއް ބާއްވާކަށް ވެސް ފުރަތަމަ ރީނީ ބޭނުމެއް ނުވިއެވެ. އެކަމަކު އާންމުން އެ ކަމަށް ވަރަށް ބޮޑަށް އެދޭތީ މިހާރު ވަނީ ރަސްމިއްޔާތެއް ބޭއްވުމަށް ނިންމާފައެވެ.

ކުއީން އެލިޒަބަތަށް ރަނިކަން ލިބިވަޑައިގެންނެވީ އެކަމަކާގެ އުމުރުން ފަންސަވީސް އަހަރުގައެވެ. އެކަމަނާގެ ރަނިކަމުގައި އިނގިރޭސިވިލާތް 12 ބޮޑުވަޒީރުން ހޮވައިފިއެވެ. އަދި އެމެރިކާގައި 12 ރައީސުން އިންތިހާބު ކޮއްފިއެވެ.