ހަބަރު

ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ފިރިހެނެއް ހައްޔަރުކޮށްފި

Mar 20, 2020

އުތުރު ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލަގައި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން އިއްޔެ ބުނީ އަޕަ ނޯތު ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށެއްގައި 15 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އިއްޔެ ހަވީރު ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. -- އަޕަ ނޯތު ޑިވިޝަންގައި ހިމެނެނީ ހއ. އަތޮޅު، ހދ. އަތޮޅު، އަދި ށ. އަތޮޅުގެ ރަށްތަކެވެ. --

އެ މައްސަލާގައި ފުލުހުން މިއަދު 20 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ކަށަވަރުކޮށްދެ އެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. މިދިޔަ ދެތިން މަސް ދުވަހުގެ ތެރޭގައި އުމުރުން ވަރަށް ޅަ ކުދިންނަށް ޖިންސީ ގޯނާ ކޮށްގެން ގިނަ މައްސަލަތަކެއް ވެސް ފެންމަތިވެފައިވެ އެވެ.