ދުނިޔެ

ރެފިއުޖީންގެ މައްސަލައިގެ ތުހުމަތުގެ އިނގިލި މުސްލިމު ހަނގުރާމަވެރިންނަށް

Sep 9, 2015

ނަތަންޔާހޫ މިގޮތަށް ވާހަކަ ދެއްކެވީ އިއްޔެ އީޔޫ ކައުންސިލްގެ ރައީސްއާއި ބައްދަލު ކުރައްވާ ޖެރޫސަލަމް ގައެވެ.

"މެދުއިރުމައްޗާއި އެފްރިކަގައި ހަނގުރާމަވެރި މުސްލިމުން ހިންގާ ޖަރީމާތަކުގެ ސަބަބުން ޔޫރަޕަށް މިވަނީ ރެފިއުޖީންގެ ސުނާމީއެއް އައިސްފަ. މީހުން ގެދޮރު ދޫކޮށް އެ ދަނީ ހޮލަކޯސްޓްގެ ފަހުން އިންސާނީ ތާރީހު ދުށް އެންމެ އަނިޔާވެރި ކުށްތައް." ފަލަސްތީނުގެ އާންމުންނާމެދު ހިންގާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ ފާޑުކިޔުން ވަރަށް ގިނައިން އަމާޒުވާ އިޒްރޭލުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

އދ ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫންވެސް ވަނީ ސީރިޔާ ރެފިއުޖީންގެ މައްސަލައަކީ ބައިނަލްއަގްވާމީ މުޖަތަމައު ބައިބައި ވެފައިވާ މިންވަރު ދައްކުވައިދޭ ލަދުވެތި މައްސަލައެއް ކަމަށް ސިފަ ކުރައްވާފައެވެ. އދ އިން ދަނީ އިމަޖެންސީ ފަންޑުގެ ގޮތުގައު މި މައްސަލަ ހައްލު ކުރުމަށް ތިރީސް މިލިއަން ޑޮލަރު ހޯދުމަށް މަސައްކަތް ކުރަމުންނެވެ. މިއީ ކުރިން މިއަހަރަށާއި އަންނަ އަހަރަށް ރެފިއުޖީންގެ މައްސަލައަށް ކަނޑައަޅާފައި އޮތް އަށްސަތޭކަ މިލިއަންގެ އިތުރުން ހޯދަން އދ ބޭނުންވާ އަދަދެކެވެ.