ވިޔަފާރި

މެކްސްކޮމް އިން ގަންނަ ތަކެތި ގެންގޮސްދެނީ

Mar 25, 2020

މެކްސްކޮމް ކޮމްޕިއުޓާސް އިން ގަންނަ ތަކެތި ގެއާ ހަމައަށް ގެންގޮސް ދިނުމުގެ ހިދުމަތް ދޭން ފަށައިފި އެވެ.

ލެޕްޓޮޕާއި ފޯނު ވެސް ވިއްކާ މެކްސްކޮމް އިން ބުނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ގެއަށް ތަކެތި ގެންގޮސް ދިނުމުގެ ހިދުމަތް ފަށާފައިވާ ކަމަށެވެ.

އެ ކުންފުނިން ވަނީ އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމާއި މެކްސްކޮމް އިން ވިއްކާ އުފެއްދުން ތަކަށް އޯޑަރު ދޭން ގުޅުމަށް ހާއްސަ ނަމްބަރު ތަކެއް ވެސް ހަމަޖައްސާފަ އެވެ.

މެކްސްކޮމްއަކީ ޑެލްގެ އުފެއްދުންތައް ރާއްޖޭގައި އެންމެ ފުޅާކޮށް ވިޔަފާރި ކުރާ އެއް ކުންފުންޏެވެ. މީގެ އިތުރުން އެ ކުންފުނިން ދަނީ ވާވޭގެ ފޯނުތައް ވެސް ރާއްޖޭގައި ވިއްކަމުންނެވެ. އެ ކުންފުނިން ސޯސަން މަގާއި ފަރީދީ މަގުގައި ވެސް ފިހާރައެއް ހިންގަ އެވެ.