ދުނިޔެ

ރަޝިޔާއިން ބައްޝާރުގެ ދިފާއުގައި ހަނގުރާމައަށް ނުކުމެއްޖެ

Sep 10, 2015

އަދި މިހާތަނަށް ސީރިޔާއަށް ފޮނުވާފައިވަނީ މަދު އަދަދެއްގެ ސިފައިން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ރަޝިޔާއިން ސީރިޔާ ސަރުކާރުގެ ދިފާއުގައި ނުކުމެއްޖެ ކަމަށް އެމެރިކާގެ އޮފިޝަލަކު ވެސް ވަނީ ވިދާޅުވެފައެވެ.

އެމެރިކާއިން ބުނީ ރަޝިޔާއިން ވަނީ ސިފައިންނާއެކު ޓޭންކަރާއި، ކާގޯ އުފުލާ މަތިންދާބޯޓާއި އެހެނިހެން އަސްކަރީ އާލާތްތަށް ސީރިޔާއަށް ފޮނުވާ އަސްކަރީ ހަރަކާތައް ފަށާފައި ކަމަށެވެ. ރަޝިޔާއިން ސީރިޔާގައި ހާސިލުކުރަން ބޭނުންވާ ކަމެއް ނޭންގޭ ކަމަށް އެމެރިކާ އޮފިޝަލް ވިދާޅުވިއެވެ.

ރަޝިޔާގެ އަސްކަރީ ދައުރު ސީރިޔާގައި ފުޅާ ކުރުމަކީ އެމެރިކާ ވަރަށް ނުރުހޭ ކަމެކެވެ. ރަޝިޔާއިން މަދަދުވެރި ވަނީ ބައްޝާރުލް އަސަދުގެ ސަރުކާރަށް ކަމަށް ވާއިރު، އެމެރިކާއިން ބޭނުންވަނީ ސިޔާސީ ގޮތަތަށް ބޭނުންކޮއްގެން އަސަދުގެ ވެރިކަން ނިމުކަމަށް ގެންނާށެވެ. ވެތުވެދިޔަ ހަފްތާގައި އެމެރިކާ ސަރުކާރުން ވަނީ ދެފަހަރެއްގެ މަތިން ރަޝިޔާ ސަރުކާރާ ގުޅައި ސީރިޔާގައި ހިނގާ ހަމަލާ ބަދަލުކުރުންތަކުގައި ރަޝިޔާ ބައިވެރިވުމާމެދު އެމެރިކާ ދެކޭގޮތް ހާމަ ކޮއްފައެވެ. އެމެރިކާއިން ބުނަނީ ރަޝިޔާގެ ބައިވެރި ވުމުގެ ސަބަބުން ސީޜިޔާގެ ހަމަނުޖެހުން އިތުރަށް ގޯސް ވެދާނެ ކަމަށެވެ. ނޭޓޯ އިން ވެސް ވަނީ ރަޝިޔާއިން ހަމަލާތަކުގައި ބައިވެރިވުމާމެދު ކަންބޮޑުވުން ފާޅުކޮއްފައެވެ.

އެމެރިކާއިން ބުނީ ރަޝިޔާގެ ހަރަކާތައް ވަރަށް ކައިރިން ބަލަން އޮތް ކަމަށެވެ. ރަޝިޔާއިން ބުނަނީ އަސަދުގެ ވެރިކަމަށް ބާރުދީ ހަނގުރާމަވެރި އިސްލާމިކް ސްޓޭޓް ބަލިކުރުމަށް ބައިނަލްއަގްވާމީ ތާއީދު ސީރިޔާ ސަރުކާރަށް ދޭން ޖެހޭ ކަމަށެވެ.