ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޑީއެންއާރް

ޕާސްޕޯޓާ، ލައިސަންސަށް ހިދުމަތްދޭން އަންގައިފި

އެންސްޕާގެ އާ އޮފީހުގައި ބަހައްޓާފައިވާ ހިދުމަތްދޭ ކައުންޓަރު ތައް: އައިޑީކާޑް ނެތަސް ޕާސްޕޯޓާ، ލައިސަންސަށް ހިދުމަތްދޭން ވަނީ އަންގާފައި
100%
0%
0%

އައިޑީކާޑު ނެތުމުން، އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ޚިދުމަތްތައް ނުލިބުމުގެ ޝަކުވާއަށް ސަރުކާރުން ހައްލު ހޯދާދީފި އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން އެޅި ފިޔަވަޅުތަކާއެެކު ސަރުކާރު ބަންދުކޮށްފައިވާތީ އައިޑީކާޑު ހެދުމުގެ ހިދުމަތް ވަނީ މެދުކަނޑާލެވިފައެވެ. އެހެން ކަމުން އައިޑީކާޑު ނެތުމުން، އައިޑީކާޑު މެދުވެރިކޮށް ދެވޭ އެކިއެކި ހިދުމަތްތައް ނުލިބުމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ.

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން މިއަދު ބުނީ އަލަށް އުފަންވާ ކުއްޖެއް ނަމަ ނުވަތަ އައިޑީކާޑު ގެއްލިފައިވާނަމަ ނުވަތަ މުއްދަތު ހަމަވެފައިވާނަމަ، އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓް، ޑްރައިވިންގް ލައިސަންސް ހިފައިގެން ދިއުމުން ހިދުމަތް ފޯރުކޮށްދޭންވާނެ ކަމަށެވެ. އަދި ޖަނަވަރީ 1، 2020ގެ ފަހުން މުއްދަތު ހަމަވެފައިވާ އައިޑީ ކާޑުގެ ނަންބަރަށް ބަލާ ހިދުމަތްތައް ދިނުމަށް އަންގާ ކަމަށެވެ. މިގޮތަށް އަމަލު ކުރަމުން ގެންދާނީ ޖޫން މަހުގެ 30 ވަަނަ ދުވަހުގެ ނިޔަލަށްވެސް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ބުނެއެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ޝަޒީ

މީ ތިކަންކަން ކުރަން ރަގަޅުވަގުތު ތަ؟

ރަފީއު

ދެން މިވަގުތު ގޭގަ ތިބެބަލަ. ކޮންތަންތަނަކަށް ދާންތަ،، ދުނިޔޭގަ ތިބިއްޔާ ހުރިހާކަމެއްވެސް ކުރެިވދާނެ.. ފަސްކުރެވެން އޮށްކަމެ ވިއްޔާ އަދި މަޑުކޮއްލަންވީ... ކަންކަން ހަމަޔަކަ އެޅެންދެން..

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910