އެމްއެންޑީއެފް

ބަޑިޖަހާ ތަމްރީނެއް ހިނގާތީ ސަމާލުވާން އަންގައިފި

Apr 6, 2020
2

ބަޑި ޖަހާ ތަމްރީންތަކެއް ސިފައިން ކުރިއަށް ގެންދާތީ ސަމާލުވާން އަންގައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ އަސްކަރީ ތަމްރީނުތަކެއް މިއަދުން ފެށިގެން ނުވަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ ކަމަށެވެ. ތަމްރީނުތައް އޮންނާނީ ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އިން ހަވީރު 6:00 އަށް ހުޅުލޭގެ އިރުމަތީ ފަރާތުން ހަތް ނޯޓިކަލް މޭލު ބޭރުގަ އެވެ.

މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުން ކޮށްގެން ބަޑިޖަހާނެ އެވެ.