ވިޔަފާރި

ރެޑްވޭވުން ޝާޕް ބްރޭންޑުގެ އާ މޮޑެލްތަކެއް ނެރެފި

Apr 12, 2020

ދިވެހިންގެ ގިނަ ބަޔަކު އަހަރު ތަކެއްވަންދެން ތަޖުރިބާކޮށްފައިވާ، "ޝާޕް ބްރޭންޑު" ގެ މުޅިންއާ މޮޑެލް ތަކެއް ރެޑްވޭވުން ރާއްޖޭގެ ބާޒާރަށް ނެރެފި އެވެ.

ރެޑްވޭވުން ބުނީ މި ފަހަރު ތައާރަފްކޮށްފައިވަނީ ޝާރްޕް ބްރޭންޑުގެ އެޑްވާންސް އިންވާޓާ "ފްރަންޓް ލޯޑް" ދޮންނަ މެޝިން ކަމަށެވެ. މިއީ މުޅި ރާއްޖެ އަށް ވެސް އަލަށް ތައާރަފްކުރެވިގެން ދިޔަ ޝާޕްގެ ރޭންޖެކެވެ. މިއީ ގިނަ ކަސްޓަމަރުންގެ އެދުމުގެ މަތީން ރާއްޖޭގެ ބާޒާރަށް ތައާރަފްކޮށްފައިވާ މޮޑެލް އެކެވެ.

މި މެޝިން ތަކަކީ ޖަޕާންގެ ޓެކްނޮލޮޖީ އިން ފަރުމާކުރެވިފައިވާ މޮޅު އިންވާޓަ މޮޓޯރު ހިމެނޭ ދޮންނަ މެޝިން ތަކެކެވެ. އަދި މީގެ އިތުރުން މި މެޝިނަކީ ކަރަންޓާއި ފެނުގެ ހަރަދު ކުޑަ މެޝިނެކެވެ. ކޮންމެ ވައްތަރެއްގެ މެޓީރިއަލްއެއް އެއް ވެސް ދޮވެލުމުގެ ގާބިލްކަން ލިބިފައިވާ މި މެޝިނުން ދޮންނައިރު، އަޑުމަޑު ވެސް މަޑެވެ.

ރެޑްވޭވުން ދަނީ ޝާޕްގެ އުފެއްދުންތައް ވިއްކުމުގެ އިތުރުން ސާވިސް ވޮރަންޓީ ވެސް ދެމުންނެވެ. ސާވިސް ފޯރުކޮށް ދޭނީ ރެޑްވޭވް ގެ ސާވިސް ޓީމުންނެވެ.

އެ ކުންފުނިން ބުނީ މިހާރު ކުރިއަށްދާ ރޯދަ ސޭލުގެ ތެރެއިން ޝާޕްގެ އިތުރު ރޭންޖު ތަކެއް ވެސް ތައާރަފު ކުރެވިގެންދާނެ ކަމަށެވެ. ރެޑްވޭވްއަކީ ގިނަ އަދަދެއްގެ މުދާ އެއް ތަނަކުން ކަސްޓަމަރުންނަށް ހެޔޮ އަގުގައި ފޯރުކޮށްދެމުންދާ ކުންފުންޏެކެވެ. އަދި މިހާރު ރެޑްވޭވްވުން ފަށާފައިވާ ރޯދަސޭލުން ވިޔަފާރި ކުރާ ކޮންމެ 500 ރުފިޔާ އަށް ލިބެ އެވެ. އަދި އިނާމަކަށް 100،000 ރުފިޔާގެ އިތުރުން އިނާމުތަކެއް ލިބުމުގެ މަގު ފަހި ވެގެންދެ އެވެ.