ހަބަރު

ގާޒީ ހަސަން ނަޖީބު ސަސްޕެންޑްކޮށްފި

Apr 16, 2020
14

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ނަޖީބު ތިން މަސް ދުވަހަށް ސަސްޕެންޑްކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ބަޔާނެއްގައި ބުނީ މުސާރަ އާއި އިނާޔަތްތައް ނުލިބޭ ގޮތަށް ގާޒީ ހަސަން ނަޖީބު ސަސްޕެންޑް ކުރަން ނިންމީ އެ ކޮމިޝަނަށް 2013 އިން ފެށިގެން ހުށަހަޅާފައިވާ މާލީ ބަޔާންތަކުގައި ދޮގު މައުލޫމާތު ދީފައިވާ ކަން އެ ކޮމިޝަނަށް ސާބިތު ވުމުން ކަމަށެވެ.

މީގެ އިތުރުން، ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދީފައިވާ ކަމުގެ ތުހުމަތު އެ މައްސަލަ ބެލުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

މި ސަރުކާރު އައި ފަހުން، މި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ތިއްބަވާ ގޮތަށް ޖޭއެސްސީއަށް ގިނަ ބަދަލުތަކެއް އައި ފަހުން ގިނަ ފަނޑިޔާރުންތަކެއްގެ ސުލޫކީ މައްސަލަތައް ވަނީ ބަލަން ފަށައިފަ އެވެ. އެއިން ބައެއް ފަނޑިޔާރުން ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން ވަކިކޮށްފައި ވެސް ވެ އެވެ.

އޭގެ ތެރޭގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމް އާއި ސުޕްރީމް ކޯޓުގައި ތިއްބެވި ކުރީގެ ފަނޑިޔާރުން ހިމެނެ އެވެ.