ޖޭއެސްސީ

އަބްދުﷲ ގާޒީގެ މައްސަލަ ސާބިތެއް ނުވި

ފެމިލީ ކޯޓްގެ އިސް ގާޒީ އަބްދުﷲ މުހައްމަދު އާއި ބެހޭގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލި ސުލޫކީ މައްސަލަ ސާބިތުނުވާ ކަމަށް އެ ކޮމިޝަނުން ނިންމައިފި އެވެ.

އަބްދުﷲ ގާޒީއާ ގުޅޭގޮތުން ހުށައެޅުނު ޝަކުވާ ބެލުމަށް ފަހު އެ ކޮމިޝަނުން މިއަދު ބުނެފައިވަނީ އެ މައްސަލަ ތަހުގީގު ކުރެވި ސާބިތުނުވާ ކަމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އެ ނިންމުން ނިންމާފައިވަނީ ކޮމިޝަންގެ 53 ވަނަ ބައްދަލްވުމުގައި ކަމަށްވެސް ބުންޏެވެ.

ކްރިމިނަލް ކޯޓްގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބަންދުކޮށްގެން އާ ރަށުގައި ގެންގުޅުއްވިއެވެ. އެ މައްސަލައާ ގުޅިގެން ރައީސް ނަޝީދުގެ މައްސަލަ ދައުވާ އުފުލާ 13 އަހަރުގެ ޖަލު ހުކުމެއްވެސް އިއްވިއެވެ. އަބްދުﷲ ގާޒީ ކްރިމިނަލް ކޯޓުން ފެމިލީ ކޯޓަށް ބަދަލުކޮށްފައިވަނީ ރައީސް ޔާމީން ވެރިކަމުގައި ހުންްނެވި ދުވަސްވަރު އެވެ.