ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓްގެ ގާޒީ ކަމަށް ނުވަ ބޭފުޅެއް

ކްރިމިނަލް ކޯޓްގެ ގާޒީ ކަމަށް ނުވަ ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

އެ ކޯޓްގެ ގާޒީ ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީސަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލީ ޖޫން ހަތްވަނަ ދުވަހު އެވެ. އެ ކޮމިޝަނުން ބުނީ މުއްދަތު ހަމަވިއިރު ޖުމްލަ ނުވަ ބޭފުޅަކު ކުރިމަތިލާފައިވާ ކަމަށެވެ.

އެ ކޮމިޝަނުން ގާޒީ ކަމަށް ދެ ބޭފުޅަކު ހަމަޖައްސާނެ އެވެ.

ގާޒީ ކަަމަށް ކުރިމަތިލެއްވި ބޭފުޅުން

  • އާދަމް އާރިފް - ދެރަހަ/ހއ. ކެލާ
  • ރަފީއުއްދީން އަހުމަދު - ސްނޯޑައުން/ސ. ހިތަދޫ
  • އަލީ ނަދީމް - ފްރީޕާކް/އދ. މާމިގިލި
  • އިބްރާހިމް އިހްސާން - އެށެވެލި/ސ. މަރަދޫ
  • އަހުމަދު ތައުފީގު - ޑޭޒީމާގެ/ ހއ. ދިއްދޫ
  • އާއިމިނަތު އަޒްލިފާ - ގުލާބީގެ/ރ. ރަސްގެތީމު
  • އިސްމާއީލް ޝަފީއު - މ. ތްރީސިސްޓާސް/ކ. މާލެ
  • ސުލައިމާން މުހައްމަދު - ނޫރާނީގެ/ޅ. ކުރެންދޫ
  • މުހައްމަދު ސަމީރު - ހިތްވަރު/ރ. އިނގުރައިދޫ