ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ލޮކްޑައުންގައި 22 ގެއެއް

ކޮވިޑް-19 ތިން މީހަކު ޕޮޒިޓިވްވުމާއި ގުޅިގެން މިހާރު 22 ގެއެއް މާލެ، ހުޅުމާލެ އަދި އަތޮޅުތެރޭގެ ބައެއް ރަށްތައް ހިމެނޭ ގޮތަށް ލޮކްޑައުންކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އިއްޔެ މާލެއިން ޕޮޒިޓިވްވެފައިވަނީ އެއްވެސް ޓްރެވެލް ހިސްޓްރީއެއް ނެތް ދިވެހި އަންހެނެކެވެ. އޭނާއާ ޑައިރެކްޓް ކޮންޓެކްޓްވި ދެ މީހަކު ވެސް ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.

އެޗްޕީއޭއިން މިއަދު ބުނީ ގޮތުގައި ކޮންޓެކްޓް ޓްރޭސިން ހެދުމަށް މީހުން ވަނުމާއި ނުކުތުން މިވަގުތު 22 ގެއަކަށް މަނާކޮށްފައިވާ ކަމަށެވެ. އެއީ ހުޅުމާލެ ލޮޓް 11090 އާއި ހ. ރަތްކުރެދި އާރު އާއި މ. ފީރޯޒުގެ 6ބީ އާއި މ. ލޯކަށި 3ސީ އާއި މ. ސޯސަންމާގެ އާއި ހ. ފެނިގެއްލިދާގެ ހަތްވަނަ ފްލޯ އާއި ހުޅުމާލެ ފްލެޓް 02-2-6 އާއި އަމީން އެވެނިއު ޓީކް 905 އާއި މ. ނާގޫޝުވިލާ ދެވަނަ ފްލޯ އާއި ހުޅުމާލެ ލޮޓް ނަންބަރު 11296 އާއި މއ. އޯކިޑް އެވެ.

މީގެ އިތުރުން މ. މަދޮށި ދެވަނަ ފްލޯ އާއި ގ. ވޯކްހައުސް އާއި ހުޅުމާލެ 10035 ގެ ދެވަނަ ފްލޯ އާއި ހުޅުމާލެ ފްލްޓް 97-302 އާއި ހުޅުމާލެ ފްލްޓް 1-2-06 އާއި މ. ކުދެހިގަސްދޮށުގެ ހަތްވަނަ ފްލޯގެ އެޕާޓްމަންޓް ބީ އެވެ.

ދެން ހިމެނެނީ ކ. ކާށިދޫ ދުވެލިގެ އާއި ހއ. ވަށަފަރު ނައިދުރުގޭ އާއި ތ. މަޑިފުށި ސްނޯލައިޓް އާއި ސ. ހިތަދޫ ނޫމަސްވާދީގެ އެވެ.

އަދި އަންހެން މީހާ ދިރިއުޅޭ ޖަރީމާގެ ވެސް ވަނީ ލޮކްޑައުންގަ އެވެ. ކ. ކާށިދޫ ވެސް މިވަގުތު އޮތީ ލޮކްޑައުން ކޮށްފަ އެވެ.