ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

ވައިރަސް ޖެހި އިންގްލެންޑްގެ ކުރީގެ ޑިފެންޑަރު މަރުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށް އިންގްލެންޑްގެ ކުރީގެ ޑިފެންޑަރު ނޯމަން ހަންޓާ މަރުވެއްޖެ އެވެ.

ލީޑްސް ޔުނައިޓަޑަށް ކުޅުނު، ހަންޓާ މިއަދު މަރުވީ އުމުރުން 76 އަހަރުގަ އެވެ. އޭނާ ވަނީ ލީޑްސްއަށް 540 މެޗު ކުޅެފަ އެވެ. އެ ކުލަބަށް 14 އަހަރު ކުޅުނު އިރު އޭނާ ވަނީ ފުރަތަމަ ޑިވިޝަންގެ ދެ ތަށި އެ ޓީމަށް ކާމިޔާބު ކޮށްދީފަ އެވެ. އެއީ އެފްއޭ ކަޕާއި ލީގް ކަޕެވެ. އަދި އިނގިރޭސި ވިލާތުގެ އިންޓަ ސިޓީ މުބާރާތްވެސް އެ ޓީމަށް ކާމިޔާބު ކޮށްދިނެވެ.

އިންގްލެންޑުން 1966 ވަނަ އަހަރު ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު އޭނާ ވަނީ އެ ސްކޮޑުގައި ހިމެނިފަ އެވެ. އޭނާގެ މަރާ ގުޅިގެން ލީޑްސްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، އެ ކުލަބުގެ އާއިލާގެ ތެރެއިން ވަރަށް ބޮޑު ބައެއް އުނިވެގެން ގޮސްފައިވާ ކަމަށެވެ.

ވައިރަސްއަށް ޕޮޒިޓިވް ވުމުން، ނޯމަން ހަންޓާ، ހޮސްޕިޓަލްގައި އެޑްމިޓް ކުރީ މިދިޔަ ހަފުތާގަ އެވެ.