ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޑެލިވަރީގައި ގެންނަ ތަކެތި ރައްކާތެރިކުރާނީ މިހެން!

މީގެ ދެތިން ދުވަސް ކުރިން އަހަރުމެންނަށް ފިހާރައަށް ދެވުނެވެ. ބޭނުންވާ އެއްޗެހި ގަންނަން ފުރުސަތުވެސް ލިބުނެވެ. ކަމާ ގުޅުންހުރި އިދާރާތަކުން ބުނަމުން ދިޔައީ ގޭގެ ސިޓިން ރޫމް ކާޑު ގުދަނަކަށް ނުހެދުމަށެވެ. މަދު ބަޔަކު އުޅޭ ގެޔަކަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް ނުގަތުމަށެވެ. ބައެއް މީހުން އެއްޗެހި ސްޓޮކް ކުރި އިރު އެއްވެސްް ވަރަކަށް ގެއަށް ބޭނުންވާ ކާބޯތަަކެތި ނުގަތް މީހުންވެސް އެބަ ތިއްބެވެ.

އެކި އެކި ސަބަބުތަކާ ހުރެ ގިނަ ބަޔަކު މިއަަދު ވަނީ ކާބޯތަކެއްޗަށް ޖެހިފަ އެވެ. މުޅި ރާއްޖެ ލޮކްްޑައުން އަކަށް ދިއުމާއެކު ގެއަށް ބޭނުންވާ ސާމާނު ހޯދުމަށް އެންމެން އަވަސްވެގަތީ އެވެ. ކުރިއަށް އޮތް ރޯދަމަހުގެ ބިރާއެކުވެސް މެ އެވެ. މި ކަމަށް ހައްލެއް ގެނައުމަށް ސަރުކާރުން ވަނީ ރެޖިސްޓާ ކޮށްފަައި ހުރި ފިހާރަތަކެއް 24 ގަޑިއިރު ޑެލިވާ ކުރެވޭނެ ގޮތުގެ އިންތިޒާމް ހަމަޖައްސާފަ އެވެ.

ފިހާރަ އަށް ދިއުމުގެ ރިސްކަކީ ކޮބާ؟

ލޮކްޑައުން އާއެކު ޑެލިވަރީ ކުރުމުގެ ހިދުމަތް ފިހާރަތަކުން ދިނަސް ބައެއް ފަރާތްތަކުން ދުއްވައިގަތީ ފިހާރަަ އަށެވެ. ޑެލިވަރީތައް ލަސްވުމުގެ ސަަބަބުންނެވެ. ފިހާރަތަކަށްވެސް ނުކަތާ ވަރަށް ޑެލިވަރީތައް އައުމުންނެވެ. ފިހާރަަ ހުޅުވުމުގެ ކުރިން ބޭރުގައި ކިޔޫ ހަދައި ކޮންމެހެންވެސް ބޭނުންވާ އެއްޗެހި ހޯދުުމަށެވެ.

މިކަމުގެވެސް ރިސްކެއް އެބަ އޮތެވެ. މި ވައިރަހަކީ އިންފެކްްޓުވެފައި ހުރި މީހަކު ކެއްސާލި ކަމުގައި ވިޔަސް ފަސޭހަައިން ފެތުރިގެންްދާނެ ވައިރަަހެކެވެ. ކުދި ޑްރޮޕްލެޓްތައް ވައިގެ ތެރޭގައި ފެތުރެ އެވެ. އެ ވައި އެހެން މީހެއްގެ ހަށިގަނޑަށް އެތެރެވުމުން ނުވަތަ ވައިރަސް ހުރި ތަނެއްގައި އަަތްލެވުމުން ވައިރަސް އަށް މަގުފަަހި ވީ އެވެ.

ފިހާރަ އަށް ގޮސް އެންމެން އެކީ އެއްތާކު ތިބެންް ޖެހުމުން ދެ ފޫޓުގެ ގައިދުރުކަންވެސްް ހަނދާނެއް ނުވެ އެވެ. މިކަމަށް ސަމާލުވެ ދެންވެސް ގޭގައި މަޑު ކުރާށެވެ. ޑެލިވަރީ ލަސްވި ކަމުގައި ވިޔަސް މިކަހަލަ ހާލަތްތަކުގައި ކެތްތެރިކަން އިސްކުރަންް ޖެހެ އެވެ.

ޑެލިވަރީތަކުން ހުރިހާ ކަމެއް ހައްލުވީ އެއް ނޫން

ފިހާރަ އަށް ގޮސްް އެއްޗެހި ގަތުމަށްވުރެ، ޑެލިވަރީ އަކަށް އެތައް ދުވަހަކު އިންތިޒާރު ކުރުންވެސް ރަނގަޅުވާނެ އެވެ. ހަމަ އެކަނި އޮތް ރިސްކަކީ ޑެލިވަރީ ހިފައިގެން އަންނަ މީހާގެ ފަރާތުން ނުވަތަ ގެންނަ އެއްޗެއްގެ ސާފެސްް ގައި ވައިރަސް ހުރުމެވެ.

ޑެލިވަރީ އަށް އަންނަ މީހާ ގެންނަ ސާމާނު ގޭގެ މައި ދޮރުގެ ބޭރުގައި ބެހެއްޓިދާނެ އެވެ. މިހެން ހެދުމުން އިތުރު މީހަކާ ކޮންޓެކްޓް ނުވާނެ އެވެ. ބައެއް ސިއްހީ މާހިރުން ބުނާ ގޮތުގައި، ޕްލާސްޓިކް ކޮތަޅުވެސް އެއްފަަހަރު ބޭނުންކޮށްފައި އެއްލާލުން ބުއްދިވެރި އެވެ.

އިތުރު ސާފެސްް އެއްގަައި ހުރުން އެކަށީގެންވެ ރައްކާތެރިކަމުގެ ފިިޔަވަޅެއްގެ ގޮތުންް، ގޭތެރޭގައި ބޭނުން ކުރާ ޑައިލޫޓް ކޮށްފަައިވާ ބްލީޗް އަަކުން އެ ސާފެސްް އެއް ސާފް ކުރެވިިދާނެ އެވެ.

ރެސްޓޯރަންޓް ޑެލިވަރީ އަށްވެސް ސަމާލުވޭ

ހުރިހާ ރެސްޓޯރަންޓަަކުން މިހާރު ދެނީ ޑެލިވަރީ އެވެ. ޑެލިވަރީތަކަކަށް އަށް ހާއްސަ ޕެކޭޖްތަކެއް ތައްޔާރުކޮށްފައިވާއިރު މިއީވެސް ސަމާލުވާންޖެހޭ މުހިއްމު ކަމެކެވެ. ރެސްޓޯރަންޓުތަކުން ސިއްހީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު ކާބޯތަކެތި ތައްޔާރު ކުރި ކަމުގައިވިޔަސް މިކަމުގައިވެސް ނުރައްކަލެއް އޮވެދާނެ އެވެ. ތާޒާކޮށް ތައްޔާރުކޮށްފައި ހުރި މީލް އެއް ގެއަށް އަންނަ އިރު ވައިރަސްގެ އަސަރު އޭގައި ހުރުން އެކަށީގެންވާ ކަމަށް ސިއްހީ މާހިރުން ބުނެ އެވެ.

ލަންޑަން ޔުނިވާސިޓީގެ ޕްރޮފެސާ، ރޮބިން ބްލޫމްފީލްޑް ބުނާ ގޮތުގައި، މި ރިސްކު ނުނެގުމުގެ ގޮތުން ޑެލިވަރީ ކޮށްގެން ގެންނަ އެއްޗެހި ތައްޓަކަށް އެޅުމަށްފަހު ހޫނު ކުރެވިދާނެ އެވެ. އަދި، އަތުން ކެއުމުގެ ބަދަލުގައި ސަމްސަލާއި އޫ ބޭނުން ކުރެވިދާނެ އެވެ. މިއީ ރިސްކްް ކުޑަ ކުރުމުގެ ގޮތުން އެޅޭނެ ފިޔަވަޅުތަކެެއް ކަމަށް ލަފާ ދީފަައިވެ އެވެ.

އަބަދުވެސް ހަނދާން ކުރަންވީ ކަންކަން!

  • ޑެލިވަރީ އަށް ގެންނަ އެއްޗެހި ނެގުމަށްފަހު، 20 ސިކުންތު ވަންދެން އަތް ދޮވުން، ނުވަތަ ސެނިޓައިޒާ ބޭނުން ކުރުން
  • ކޮންމެ އެއްޗެއްގައި (ކޮތަޅު، ޕެކެޓު، ފޮށި) އަތްލި ކަމުގައި ވިޔަސް، މޫނާއި އަނގަ އަދި ލޮލުގައި އަތް ނުލުން
  • އޮންލައިންްކޮށް ފައިސާ ދެއްކޭނެ ގޮތެއް ހޯދުން