ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ގެއިން ބޭރަށް ނުކުންނަ ޗެކްްލިސްޓް!

މުޅި މާލެ ސިޓީ ގޭ ބަންދަަށް ފޮނުވާލައިގެން ދެ މަސް ދުވަސް ބޭއްވުމަށް ފަހު އަަލުން އެންމެން ބޭރަށް ނުކުންނާނެ ފުރުސަތެއް ދިންތާ މިހާރު ހަފުތާއެއް ވަނީ އެވެ. މިހާރު މި އޮޮތީ ލުއި ލޮކްޑައުނެކެވެ. މި ލުޔަކީ ބޭނުން ވެއްޖެ ހާލަތެއްގައި ބޭރަށް ނުކުންނަންް ދިން ފުރުސަތެއް ނަމަވެސް އެއާ ހިލާފަށް އެތައް ބަޔަކު ނުކުމެ އުޅޭ މަންޒަރު އެބަ ފެނެ އެވެ.

ކޮވިޑާއެކު ދިރިއުޅެން ދަސް ކުރަން ޖެހޭނެ ކަމަށް ސިއްހީ ފަރާތްތަކުން ބުނަމުން ދިޔައަސް މި ލުއި ލޮކްޑައުންގައި މާލެ ސިޓީން ފެންނަނީ ތަފާތު މަންޒަރެކެވެ. ލިބުނު ފުރުސަތުގައި ބޭރަށް ނިކުމެ އުޅޭ އިިރު ހަނދާނުން ކައްސާލައިގެން ދާ ކަންކަންް ވެސް އެބަހުރެ އެވެ. ރައްކާތެރިކަމުގެ ފިޔަވަޅުގެ ގޮތުގައި އަމިއްލައަށް ކުރަަންޖެހޭ އެތައް ކަމެއް ނުކޮށް ނޫނީ ހަނދާން ނެތި ނުކުރެވި ތިިބޭ މަންޒަރު ފެނެ އެވެ. ކޮވިޑާއެކު ދިިރިއުޅޭކަށް އަދި ދިވެހިންނަކަށް ނޭނގެ އެވެ. ގައި ދުރުކަމާއި މާސްކު އެޅުން ފަދަ ކަންކަަން ވެސް މި އޮންނަނީ ނަމެއްގައި ދަތްދޮޅީގައި އަޅުވާފަ އެވެ. އެހެން ކަމުން ގެއިން ބޭރަށް ނުކުންނަމުން ކޮވިޑް ޗެކް ލިސްޓް ފުރިހަމަ ކުރާށެވެ. އަދި ސަމާލު ވެގެން ބޭރަށް. ނުކުންނާށެވެ.

ޓްރޭސް އެކީ އެޕް

ރާއްޖޭގައި ކޮވިޑް ފެތުރިގަތް ދުވަސްކޮޅު ދިވެހި ގްރޫޕަކުން ނެރުނު "ޓްރޭސްް އެކީ" އެޕްލިކޭޝަނަކީ ކޮންޓެކްްޓް ޓްރޭސިން އަށް އޮތް ބޮޑު އެހީ އެކެވެ. މި އެޕަކީ ސިންގަޕޫރުގެ "އޯޕަން ޓްރޭސް" ލައިބްރަރީގެ މައްޗަށް ބިނާކޮށް ދިވެހި ޑިވެލޮޕަރުންގެ ޓީމަކުން، ރާއްޖެއަށް ފަރުމާކުރި އެޕްލިކޭޝަނެކެވެ. ދިވެހި ބަހާއި އިނގިރޭސި އަދި ބަންގާޅު ބަހުން ބޭނުން ކުރެވޭ މި އެޕްލިކޭޝަނުން އެމީހަކާ ބައްދަލުވާ މީހުން ދެނެގަަނެވެ އެވެ. ޓްރޭސްއެކީ އިން ބްލޫޓޫތު މެދުވެރިކޮށް މި އެޕްލިކޭޝަން ބޭނުންކުރާ އެހެން މީހުންނާ ދިމާވެފައިވާނަމަ އެ މައުލޫމާތު ފޯނުގައި ރައްކާ ކުރާނެ އެވެ.

މާސްކު އަޅައިގެން

މާސްކު އެޅުން މިއީ މިހާރު އޮތް އެންމެ ރައްކާތެރި ފިޔަވަޅެވެ. އެކަމަކު އަަދިވެސް މާސްކް ނާޅައި، ހަނދާން ނެތިގެން ބޭރަަށް ނުކުމެ އުޅޭ މީހުން ފެނެ އެވެ. މާސްކު އެޅުމަށްވުރެ ނޭޅުން ރަނގަޅު ކުޑަކުދިންގެ އިތުރަށް، ބޮޑެތި މީހުނާއި ޒުވާނުން ވެސް މާސްކު ނާޅައި ތަންތަނުގައި ތިބޭ މަންޒަރު ފެނެ އެވެ. ގިނަ ފަހަރަށް މާސްކު އަޅައިގެން ހުރެ ދަންނަ މީހެއް ނޫނީ ރައްޓެއްސެއް ފެނުމުން ވާހަކަ ދައްކާލަން ވުމުން މާސްކު ނަގަ އެވެ. މިއީ އެންމެ ގޯސް ގޮތެވެ. ނާޅައި ހުރެފައި ވާހަކަ ދަައްކަން ވުމުން މާސްކު އެޅުން ވެސް އެއަށްވުރެ ރައްކާތެރި އެވެ.

އެންމެ ރާއްކާތެރީ މީހުން ގިނަ ތަނަކަށް ދެވޭނަމަ، މާސްކު އެޅުމަށް ސަމާލުވުމެވެ. މީހަކު ކެއްސާ ކިނބިހި އަޅާއިރު، އަމިއްލަ މީހާގެ ސަަލާމަތް ހޯދެން އޮތް ގޮތަކީ އެއީ އެވެ.

ސެނިޓައިޒާ ފުޅި ދަބަހަށް

މިއީ ކުޑަަ ކުޑަ ކަމަކަށް ވެސް ވެދާނެ އެވެ. އެކަމަކު ވެސް މިއީ މުހިއްމު ކަމެކެވެ. ފިހާރަަތަކާއި އެހެން ތަަންތަން ވެސް އަލުން ހުޅުވަމުން އަަންނަ އިރު އަދިވެސް ބައެއް ފިހާރަަތަކުގައި ސެނިޓައިޒާ ފުޅި އެއްވެސް ބަހައްޓާފައި ނެތްްކަަން ފާހަގަވެ އެވެ. އެތައް މީހުނެއް އެއްފަހަރާ ވަދެ އެކި އެއްޗެހި ހޯދަން ތަަންތަނުގައި އަތް ޖައްސާ ހަދާފަައި ނިކުމެ އެވެ. އެއިން ފިހާރައަކުން ނިކުމެ ސެނިޓައިޒާއިން އަމިއްލަ އަތް ސާފު ކޮށްލުމަކީ ރައްކާތެރިކަމުގެ ފިޔަވަޅެކެވެ. އެކި ސައިޒުގެ އެކި ބްރޭންޑްތަކުގެ ސެނިޓައިޒާ ފުޅި މިހާރު ވިއްކަ އެވެ. ޖީބަށް ލެވޭނެ ކުދި ކުދި ފުޅިވެސް ހުރެ އެވެ.

ތިން ފޫޓު ދުރުގައި

ލުއި ލޮކްޑައުންގައި މާސްކު އަޅައިގެން ބޭރަށް ނުކުންނަ މީހުން ގިނަ އެވެ. އެކަމަކު މާސްކު އަޅައިގެން ގައިދުރު ކަމެއް ނުބަހައްޓަ އެވެ. އެޗްޕީއޭ އިންނާއި ޑޮކްޓަރުން އެކި ފަހަރުމަތިން އެކި ގޮތްގޮތަށް ތިން މަސް ވަންދެން ދިން އެއް ނަސޭހަތަކީ ގައިދުރު ކަމަށް ސަަމާލުވުމެވެ. އެކަން މަގާއި ފިހާރައިން އެއްވެސް މާ ބޮޑަކަށް ނުފެނެ އެވެ. އެންމެން އެއްވެސް ތިބޭ އިރު، ދެ ފޫޓުގެ ދުރުމިން ވެސް ނުހުރެ އެވެ.

މިއީ ގެއިން ނިކުތުމުގެ ކުރިން އަމިއްލަ ރައްކާތެރިކަމުގެ ގޮތުން ވިސްނަން މުހިއްމު ކަންކަމެވެ. ގެއިން ނުކުންނަމުން، އަދި ނުކުމެ އުޅޭ އިރުވެސް މި ޗެކްލިސްޓަށް ސަމާލުވުން މުހިންމެވެ.