ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮފީތަށިތައް ޑަސްބިިނަށް ހަމަ ނުލެވެނީތަ؟

ލޮކްޑައުންއަށް ލުއިތަކެއް ދިންތާ މިއަދު މިއީ ހަތަރު ވަނަ ދުވަހެވެ. މާލޭގެ އެންމެ ބައިބޯ، ބޭރު މަގުގައި ހަވީރާއި ރޭގަނޑު ގަޑި ފުރާލާފައި އޮންނަނީ ކޮފީ ގްރޫޕް ތަކުންނެވެ. މި ގްރޫޕްތަކަށް ކެފޭ ރެސްޓޯރަންޓުތައް ބަންދު ކޮށްފައި ހުރުމުން އެއިން ތަނަކަށް ކޮޮފީ އަކަށް ނޭރެ އެވެ. މިހާރަށް އޮތް ގޮތަކީ، ސައިކަލުގައި އައިސް ކެފޭ ކައިރީ ތިބެ ކޮފީ ބޮއެފައި އެތަނުން ދިިއުމެވެ.

އެ ކެފޭ ތަކަށް އަންނަ މީހުން ގިނަވާ ވަރަކަށް ދެން ފެންނަން ފެށީ އެކި ސަރަހައްދުތަކަށް އުކާފައި ހުންނަ ކުދި ތަށިތަކެވެ. އެއްފަހަރު ބޮއެފައި ނައްތާލާ ކޮފީތަަށިތައް ހިފައިގެން ކައިރި ތަންތަނުގައި މަޑުކޮށްލައިގެން ތިބެ، ރައްޓެހިންނާ ވާހަކަ ދަައްކާލާ ނިންމާލާާފައި ދަނީ އެ ތަށިތައް އެ ތަަނުގައި ބަހައްޓާފަ އެވެ. ބައެއް ތަށިތައް ހުސް ވެސް ނުކޮށް އެ ހުރި ގޮތަށެވެ. ތަށިތައް ކައިރީ ލުއި ކާނާ ޕެކެޓުތައް ވެސް އުކާފައި ހުރެ އެވެ. އެކި ފާޑުގެ ހެދިކާތައްވެސް ކައި އެ ތަކެތި ހުސްނުކޮށް ކުނި ވާން އުކާފަ އެވެ.

މާލޭގައި ހުންނަ އޮކްސިޖަން ކެފޭ އިން ބުނި ގޮތުގައި، ލޮކްޑައުންްގެ ލުއަށްފަހު އެ ކެފޭ އަށް ޓޭކް އަވޭ އަށް އެއްޗެހި ގަންނަ މީހުން ހަވީރާއި ރޭގަނޑު ވަރަށް ގިނަވެއްޖެ އެވެ. އެކަމަކު ކެފޭ އިން އެއްޗެހި ގަނެގެން ކެފޭ ކުރިމައްޗަށް ހުންނަ ޕާކިން ލޮޓުކައިރީ ތިބެ ކޮފީ ބޮއެފައި އެ ޑަސްބިނަށް އުކާ ނުލާ ދާތަން ފެނެ އެވެ. އެކަން ހުއްްޓުވުމަށް ކެފޭ ދޮރު މަތީ ޑަސްބިން ވެސް ބަހައްޓާފައި ހުރެ އެވެ.

ހުޅުމާލެ ފެރީ ޓާމިނަލް ކައިރީ ހުންނަ ޕާކިން ލޮޓުގައި ތިބެ ކޮފީ ބޮއެ ތަށިތައް އުކާފައި

މި މަންޒަރު ބްރިޖް ޕްލެޓްފޯމް ސަރަހައްދާއި، އާޓިފިޝަލް ބީޗާއި ސޯޝަލް ސެންޓަރު ސަރަހައްދާއި ރަސްފަންނުގެ އިތުރުން ޓޭކްއަވޭ ލިބެން ހުރި އެކި ފިހާރަތައް ކައިރިން ފެނެ އެވެ. ހަމަ އެކަނި މާލެ އެއް ނޫނެވެ. ހުޅުމާލޭގައި ވެސް ފެންނަނީ ހަމަ މި މަންޒަރެވެ.

ހުޅުމާލެ އަތިރިމައްޗަކީ ހަވީރު ގަޑީގައި ނަމަ އެތައް ބަޔަކު ހިތްހަމަޖައްސާލަން ނިކުންނަ ތަނެކެވެ. ބީޗު ސަރަހައްދުގައި ކުރިން ބަހައްޓާފައި ހުރި ކޮފީ މޭޗުތައް ނަގާ އެތަން ސާފުކޮށްލުމުން އެތަން ވީ ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް ވައި ޖައްސާލަން ދާ ހިތްގައިމު ތަނަކަށެވެ. މިއަދު އެތަން ވެސް އޮތީ ގޮނޑުކޮށްފަ އެވެ. ހުސް ކޮފީ ތައްޓެވެ. އަތިރިމަތީ ހަދާފަައި ހުރި ލަކުޑި މޭޒުތަައް މަތީ ކައިފައި ހުރި ތަކެތީގެ ހުސް ޕެކެޓުތަކާއި ޖޫސް ފުޅިތަކާއި ހުސްކޮށްފައި ހުރި ފެން ފުޅިތައް ފުނި ޖަހާލާފައި ހުއްޓެވެ. ބައެއް އެއްޗެހި ވެއްޓި އިށީންނަން ހަދާފައި ހުރި ގޮނޑިތަކަށްވެސް އެޅިފަ އެވެ. އެ ސަރަަހައްދުގެ އެކި ތަންތަނުގައި ބޮޑެތި ޑަސްބިން ވެސް ބަހައްޓާފަައި ހުރެ އެވެ. އެކަމަކު އެއަށް އެއްޗެއް ވައްޓާލަނީ މަދު ފަހަރަކު އެވެ.

އައިޖީއެމްއެޗްްގެ ޑރ. އިބްރާޔިމް އިޔާޒް ކިޔައިދިން ގޮތުގައި، މި ގޮތަށް އެއްޗެހި ބަހައްޓައި އެހެން މީހުންނަށް އެ ތަކެތި ނަގަން ހަވާލު ކުރުމަކީ އާއްމުކޮށްވެސް ރަނގަޅު އާދަ އެއް ނޫނެވެ. އަދި ހާއްސަކޮށް މި ދުވަސްވަރު، އެކަކު އަތުން އަނެކަކަށް ވައިިރަސް ޓްރާންސްފާ ވުމުގެ ބިރު އޮތް އިރު އެކަމަށް ސަމާލުވާން ޖެހޭ ކަމަށް ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ.

"އާއްމު ހައިޖީންގައިވެސް ރަނގަޅު ކަމެއް ނޫން މިއީ ކުރަން. ހަމަ ތަންތަނުގައި އަތްލާފަ އަތް ދޮންނަން ޖެހޭ އުސޫލުން އެ ތަށިތައްވެސް ބޭނުންކޮށްފައި ނައްތާލަން ޖެހޭ. ޑިސްޕޯސަބަލް ކަޕްސް މި ކިޔަނީ ހަމަ ވީހާވެސް އަަވަހަކަށް ޑިސްޕޯސް ކުރަން ޖެހޭތީ. އެކަަކު އަތުން އަނެކަކަށް ވައިރަސް ނުފެތުރުމަށް އަޅުގަނޑުމެން މި ނަސޭހަތްތެރިވަނީ. ޑިސްޕޯސް ކުރެވޭ އޭރިއާތައް ފަސޭހައިން ބެލެހެއްޓި އެކަމަށް ސަމާލުވުން މުހިއްމު" ޑޮކްޑަރު ވިދާޅުވި އެވެ.

މާލެ ސިޓީގެ މި ލުއިތަކާއެކު ކުރީގެ މާލެ އަށް އަނެއްކާވެސް މަޑުމަޑުން އެބަަ ބަދަލުވެ އެވެ. މި ސިޓީގެ ހަލަބޮލި ކަމާއި ދުއްވާ އެއްޗެހީގެ އަޑު މެދުނުކެނޑި މިހާރު އިވެ އެވެ. ކެފޭތައް ކައިރިން ފެންނަ މި މަންޒަރުން ދިވެހިންގެ ހޭލުންތެރިކަން ހުރި މިންވަރު އެނގެ އެވެ. ކޮފީ ތަށި ބޮޮއެ އެހެން މީހަކަށް އެ ނަގަން ބައިންދާފައި ދެވެނީ، ވައިރަސް އާއެކު ކަމަށްވެސް ވެދާނެ އެވެ. އެކަމަށް ސަމާލުވާން ޖެހެ އެވެ.