ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ގައިދީންނަށް ފައިސާ ފޮނުވޭނެ އިންތިޒާމެއް ހަަމަޖައްސައިފި

Apr 19, 2020

ހަލުއި ކަމާއެކު ފެތުރެމުންދާ ކޯވިޑް-19 އާ ގުޅިގެން މާލެ ލޮކްޑައުން ކުރުމާ ގުޅިގެން ޖަލުތަކުގައި ތިބި ގައިދީންނަށާއި ބަންދު މީހުންނަށް ފައިސާ ފޮނުވޭނެ އިންތިޒާމެއް ކަރެކްޝަނުން ހަމަޖައްސައިފި އެވެ.

މީޑިއާ އޮފިސަރު އައިމިނަތު ޔުސްރީން އަހުމަދު ވިދާޅުވީ ފައިސާ ފޮނުވޭނެ އިންތިޒާމެއް ހަމަޖެއްސީ ކޯވިޑް-19 އާ ގުޅިގެން މިހާރު މިއޮތް ހާލަތުގައި ވެސް ޖަލުގައި ތިބޭ ފަރާތްތަކަށް ކެންޓީނު މެދުވެރިކޮށް ބޭނުންވާ ތަކެތި ގަތުމަށްޓަކައި، އާއިލާއިން ފައިސާ ފޮނުވުމުގެ ކަންކަން މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކަމަށެވެ.

ފައިސާ ފޮނުވޭނީ ހަމަޖައްސާފައިވާ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓަށް ފައިސާ ޓްރާންސްފާ ކުރުމަށްފަހު، ފައިސާ ޖަމާކުރި ސްލިޕް ނުވަތަ އޭގެ ސްކްރީންޝޮޓެއް ފައިސާ ލިބެންވި ގައިދީ ނުވަތަ ބަންދު މީހާގެ ނަމާއި އެޑްރެހާއި އައިޑީ ކާޑް ނަންބަރު ހިމެނޭ ގޮތަށް ފައިސާ ފޮނުވި ފަރާތުގެ މައުލޫމާތާއި ފައިސާގެ އަދަދާއި ފައިސާ ޓްރާންސްފާ ކުރި އެކައުންޓްގެ ނަން ބަޔާންކޮށް [email protected] އަށް އީމެއިލް ކޮށްގެނެވެ.

އެގޮތަށް މެއިލް ކުރުމުން އެ ފައިސާ ލިބުނުކަން ކަށަވަރުކޮށް ފައިސާ ލިބު ނުކަމުގެ ރަސީދެއް އެފަރާތަކަށް ފޮނުވާނެ އެވެ.