ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިމްތިހާނު ފަސްކުރުމާމެދު ގޮތެއް ނުނިންމަން: އެޑިއުކޭޝަން

ދިވެހި ދަރިވަރުންނަށް މޭ އަދި ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ފަސްކުރުމާމެދު އަދި މިހާތަނަށް ގޮތެއް ނުނިންމާ ކަމަށް އެޑިއުކޭޝަން މިނިސްްޓްރީން ބުނެފި އެވެ.

އެޑިއުކޭޝަން މިހެން ބުނެފައިވަނީ އިނގިރޭސި ވިލާތުގެ ސްކޫލުތައް ބަންދުކޮށް ސްކޫލުތަކުގެ ދަރިވަރުންނަށް މިއަހަރުގެ ހޫނުމޫސުމުގައި (މޭ/ޖޫން ގައި) ދިނުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ކެންސަލް ކުރިކަމަށް ހާމަކުރުމުންނެވެ.

އެޑިއުކޭޝަނުން ބުނީ އިނގިރޭސިވިލާތް ފިޔަވައި އެހެނިހެން ގައުމުތަކަށް ފޯރުކޮށްދޭ އިމްތިހާނު (އިންޓަނޭޝަނަލް އެގްޒެމިނޭޝަން) ތަކާއިމެދު އިމްތިހާނުތައް ފޯރުކޮށްދޭ އިނގިރޭސިވިލާތުގެ މަރުކަޒުތަކުން އެއްވެސް އިތުރު ނިންމުމެއް ނިންމާފައި ނުވާތީ މޭ/ޖޫން ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިމްތިހާނުތައް ފަސްކުރުމާމެދު ގޮތެއް ނުނިންމާ ކަމަށެވެ.

މިހާރު މުޅި ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިނގިރޭސި ވިލާތުގައި ހަލުވި ކަމާއެކު ފެތުރި އެ ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާތީ އެގައުމުގެ ސްކޫލްތައް ބަންދުކޮށް މޭ/ ޖޫން ގައި ބާއްވާ އިމްތިހާނުވެސް ވަނީ ކެންސަލްކޮށްފަ އެވެ. އޭގެ ތެރޭގައި ޖީސީއެސްއީ އޭލެވެލް އާއި، އޯ ލެވެލް ވެސް ހިމެނެ އެވެ.