ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް އެޑިއުކޭޝަން

އޮންލައިންކޮށް ކިޔަވައިދިނުން އިތުރު ހަފްތާއަކަށް

May 13, 2021

މާލެ ސަރަހައްދުގެ ސުކޫލުތަކުގައި އޮންލައިންކޮށް ކިޔަވައިދޭން ނިންމާފައިވާ ނިންމުން އިތުރު ހަފްތާއަށް ދަންމާލައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މެއި 16 އިން 20 ވަނަ ދުވަހުގެ ނިޔަލަށް މާލެ ސަރަހައްދުގެ ސުކޫލުތަކުގައި އެލްކޭޖީއެން ގުރޭޑް 12 އަށް އޮންލައިންކޮށް ކިޔަވައިދޭން ނިންމާފައިވާ ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުުރުވުމާއި ގުޅިގެން ސުކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭން އެންގީ މިދިޔަ ހަފްތާގައެވެ. ހަފްތާއެއްވީއިރުވެސް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްނުކުރެވި އިތުރުވަމުންދާތީ އިއްޔެއިން ފެށިގެން ހަރުކަށި ފިޔަވަޅުތަކެއް ދަނީ ތަންފީޒު ކުރަމުންނެވެ.

މާލޭގައި 12 ގަޑިއިރުގެ ކާފިއުއެއް ހިންގާއިރު މިސްކިތުގެ ޖަމާއަތް ހުއްޓާލާ ކެފޭ،ހޮޓާ،ރެސްޓޯރަންޓްތައްވެސް ވަނީ ބަންދުކޮށްފައެވެ.

ސަރުކާރު އޮފީސްތައް ބަންދުކޮށްފައި އޮތް އޮތުން އިތުރު ހަފްތާއަކަށް ދަންމާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވަނީ ނިންމަވާފައެވެ.